Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މިނިސްޓަރު އިބްރާހީމް ފައިސަލް

ދިވެހި ތާރީޚުގައިވެސް ޒުވާނުންނަށް އެންމެ ބޮޑަށް އިންވެސްޓުކުރަނީ މިސަރުކާރުން: ފައިސަލް

ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައިނުވާވަރުގެ ބޮޑު އަދި އެހާމެ މުހިންމު މަސައްކަތްތަކެއް ކޮށް, ދިވެހި ތާރީޚުގައިވެސް ޒުވާނުންނަށް އެންމެ ބޮޑަށް އިންވެސްޓުކުރާ ސަރުކާރަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު ކަމުގައި ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޔޫތު "ހެކަތަން" އިފްތިތާހުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައިސަލް ވިދާޅުވީ މި ސަރުކާރުން ޒުވާނުން ބާރުވެރިކުރުވުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރާނެކަމަށާއި، އަދި އެ މަސައްކަތް ކުރިން އެއްވެސް ސަރުކާރަކުން ކޮށްފައި ނުވާވަރުގެ ބޮޑު އަދި އެހާމެ މުހިންމު މަސައްކަތަކަށް ވެގެންދާނެކަމަށެވެ.

އެކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށާއި އޭގެ އެންމެ ބޮޑު މަންފާއެއް ކުރާނެ އެއްދާއިރާއަކީ ފަތުރުވެރިކަމުގެ ސިނާއަތްކަމަށާއި، އެ ސިނާއަތުގެ އެކި ދާއިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ފަތުރުވެރިކަމާ ބެހޭ ވުޒާއާރާއިންވެސް ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ފައިސަލް ވިދާޅުވިއެވެ.

ޓެކްނޮލޮޖީގެ ޒަރީޔާއިން ފުޅާވަމުންދާ ވިޔަފާރިތަކަށް ޒުވާނުން އަހުލުވެރިކޮށް އެރޮނގުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީ އަދި މިހާރަށްވުރެ ބޮޑަށް ރާއްޖެ އިޝްތިހާރުކޮށް ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެކަމަށް ބޮޑު އުންމީދެއް ކުރެވޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ދިވެހި ޒުވާނުންނަކީ ވަރަށް ޓެލެންޓެޑް ބައެއް. ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ބޭނުންވޭ ޕޮޓެންޝިއަލް ކުދިންނަށް އޮޕޮޗޫނިޓީސްތައް ހޯދަދޭން.
މިނިސްޓަރ އިބްރާހިމް ފައިސަލް

ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއިން ބޭރުންވެސް ފުރުސަތުތަކެއް ޒުވާނުންނަށް ހޯދައިދޭން މަސައްކަތްތަކެއް ކުރައްވާނެ ކަމަށާއި ޔޫތު މިނިސްޓްރީއާއި ގުޅިގެން ޒުވާނުންނަށް ހާއްސަކޮށްގެން އަންހެން ކަނބަލުންވެސް ފަންނީ ދާއިރާތަކުން ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށެވެ. އަދި ކޯޑިންގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ހުނަރާ ޤާބިލްކަން ޒުވާނުންގެ އެބަހުރިކަމަށާއި ޒުވާނުންނަށް ބޭނުންވަނީ ކުރިއަށްދިއުމަށް ފުރުސަތު ކަމުގައި މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

ފަތުރުވެރިކަމުގެ ދާއިރާގެ ކުރިއެރުންތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ބޭނުންކުރާނެ ޚާއްޞަ އެޕްލިކޭޝަނެއް ވަރަށް އަވަހަށް ތަޢާރަފްވާނެކަމަށް އުންމީދު ކުރައްވާކަމަށެވެ. އަދި މިނިސްޓްރީއާއި އެމްއެމްޕީއާރުސީއާއެކު މިކުރެވޭ މަސައްކަތުގެ އަމާޒަކީ 2024 ވަނައަހަރު 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުންކަމަށާއި މިހާރު ހުރި ބޮޑެތި މާކެޓުތައް ކަމަށްވާ ޗައިނާއާއި އިންޑިއާގެ މާކެޓު އެހުރި ވަރުގައި ހިފަހައްޓަން ޖެހޭ ކަމަށެވެ.

މި ލިއުމާއި ގުޅޭ