Friday 18th Jul 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޕްރައިމަރީގެ ވަގުތީ ނަތީޖާ އިއުލާނުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް-ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާ މިއަދު އިއުލާނުކޮށްފިއެވެ.

ވަގުތީ ނަތީޖާ އާންމު ކޮށްފައިވަނީ ޕީއެންސީގެ ވެބްސައިޓުގައެވެ.
އަންނަ މާޗު 17 ގައި ބާއްވާ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން 86 ދާއިރާއެއްގައި ވާދަކުރަން ނިންމައި ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވައިލި ފުރުސަތުގައި އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މެންބަރަކު ވާދަކުރުމަށް އެދި ހުށަހަޅާފައިވާތީ 13 ބޭފުޅަކަށް ވަނީ ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައެވެ.
ބާކީ 73 ދާއިރާގެ ޕްރައިމަރީ ބޭއްވީ މި މަހުގެ 27 ގައެވެ. މި އިންތިޚާބުގައި ޖުމްލަ 283 ކެންޑިޑޭޓުން ވާދަކުރެއްވިއެވެ.
73 ދާއިރާއަށް 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބުނުއިރު 62,759 މީހުން ވަނީ ވޯޓުލައިފައެވެ.
ޕްރައިމަރީގައި ވާދަކުރައްވައި ޓިކެޓް ކަށަވަރު ކުރެއްވި ބޭފުޅުންގެ ތެރޭގައި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުކަން ކުރެއްވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.
އޭގެތެރޭގައި ވިލިމާލެ ދާއިރާގެ ޓިކެޓު ކަށަވަރުކުރެއްވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު އިސްމާޢީލާއި ދިއްގަރު ދާއިރާގެ ޓިކެޓު ކަށަވަރުކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނާޒިމް ތިނަދޫ އުތުރު ދާއިރާގެ ޓިކެޓު ކަށަވަރުކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު ސަޢުދުﷲ ހިލްމީއާއި މާފަންނު ދެކުނު ދާއިރާގެ ޓިކެޓު ކަށަވަރުކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ރިފާޢު (ބޮޗޭ) އާއި އިނގުރައިދޫ ދާއިރާގެ ޓިކެޓު ކަށަވަރުކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އިބްރާހިމް ފަލާޙް މާފަންނު މެދު ދާއިރާގެ ޓިކެޓު ކަށަވަރުކުރެއްވި އެ ދާއިރާގެ ކުރީގެ މެންބަރު އަސްމާ ރަޝީދު ހިމެނިވަޑައިގަންނަވައެވެ.
ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރު ކުރެއްވި ބޭފުޅުންގެ ތެރޭގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ ޚާއްސަ މުޝީރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ބާރަށު ދާއިރާއަށް ވާދަކުރައްވާ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއުއާއި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހިމެނިވަޑައިގަންނަވައެވެ.
މީގެއިތުރުން ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ފާޠިމަތު ސަޢުދާއާއި ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ އަޙްމަދު އަޒާން މަރްޒޫޤާއި ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް މުޙައްމަދު (އިބުޓީ) ހިމެނިވަޑައިގަންނަވައެވެ.
މި ލިއުމާއި ގުޅޭ