Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޑަކުދިންނަށް ގޯނާކުރުން

ޑިސެމްބަރުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ 76 މައްސަލައަށް މިނިސްޓްރީން އެޓެންޑްވި

ހުސްވި ޑިސެމްބަރުމަހު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާއަށް ޖުމްލަ 199 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް އެ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މައްސަލަތަކުގެ ތެެެރެެއިން 76 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ 76 މައްސަލައެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާގެ މައްސަލައެވެ. އެގޮތުން މިބާވަތުގެ 26 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.

އިތުރު މައްސަލަތަކުގެ ތެރޭގައި;

  • ޖިންސީ އަނިޔާގެ 14 މައްސަލަ
  • އިހުމާލުގެ 11 މައްސަލަ
  • އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމާއި ފުރައްސާރަ ލިބުމުގެ 10 މައްސަލަ
  • ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 8 މައްސަލަ
  • ނަފްސާނީ ހާނިއްކައިގެ 4 މައްސަލަ
  • އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ
  • އެހެނިހެން އެއް މައްސަލަ
މީގެއިތުރުން ޑިސެމްބަރުގައި ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކުޑަކުދިންގެ އަޚުލާގާ ގުޅުން ހުރި 20 މައްސަލައާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 37 މައްސަލައާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަމިއްލައަށް މަރުވާން އުޅުމާ ގުޅޭ 17 މައްސަލައާއި އިލީ މައްސަލަތަކާއި ގުޅުންހުރި 16 މައްސަލައާއި ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކާއި ގުޅިގެން 2 މައްސަލައެކެވެ.

މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން ޑިސެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 159 އެވެ. ދައުލަތަށް އަލަށް ދެ ކުއްޖަކު ނެގިފައިވާއިރު 5 ކުއްޖަކު އާއިލާއަށް ރީއިންޓަރގްރޭޓް ކުރެވި 2 ކުއްޖަކު ފޮސްޓަރ ކުރެވުނެވެ.
މި ލިއުމާއި ގުޅޭ