Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވަޒީރުން

އެމްޑީޕީން ރުހުންނުދިން ތިން ވަޒީރުން އަލުން މަޤާމުގެ ހުވާކުރައްވައިފި

އެމްޑީޕީން ރުހުންނުދިން ތިން ވަޒީރުން އަލުން މަޤާމުގެ ހުވައިކުރައްވައި ވަޒީރުކަމާ ހަވާލުވެވަޑައިގެންފިއެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު އެމްޑީޕީއާއި ދަ ޑިމޮކްރެޓްސް ޕާޓީން ރުހުންނުދިނީ ބަންޑަރަނައިބު އަޙްމަދު އުޝާމައި އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދާއި ހައުސިން އެންޑް އާބަން ޕްލޭނިން މިނިސްޓަރު ޑރ.އަލީ ހައިދަރަށެވެ.

އެ ތިން ބޭފުޅުންނަށް ރުހުންނުދިނުމާއެކު އެ ބޭފުޅުން ކެބިނެޓުން ވަކިވެވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ އެ ބޭފުޅުން އަލުން އެ މަޤާމުތަކަށް އައްޔަންކުރެއްވުމަށެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެ ތިން ބޭފުޅުން އަލުން ވަޒީރުކަމުގެ ހުވައިކުރައްވާފައިވާއިރު، އެބޭފުޅުންނަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދެވެ.

ރުހުންނުދިން ވަޒީރުން އަލުން މަޤާމަށް އައްޔަންކުރެއްވުމާއެކު، އެބޭފުޅުންނަށް ރުހުން އޮތްތޯ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް އަލުން ފޮނުވަންޖެހޭނީ 7 ދުވަހުގެ މުހުލަތުގެ ތެރޭގައެވެ.

އެމްޑީޕީން 4 ވަޒީރަކަށް ރުހުންނުދިނުމަށް ފާސްކޮށްފައިވަނިކޮށް އެ ޕާޓީގެ 3 މެންބަރަކުވަނީ އިޤުތިޞާދީ ވަޒީރު މުޙައްމަދު ސައީދަށް ރުހުންދިނުމަށް ފެންނަކަމަށް ވޯޓުދެއްވައި ޕާޓީގެ ވިޕްލައިނާ ޚިލާފުވެވަޑައިގެންފައެވެ.

މިއަދު ރުހުންނުދިން ވަޒީރުންނަށް ރުހުންނުދިން ސަބަބެއް އެމްޑީޕީ އަދި ޑިމޮކްރެޓްސްއިން ސާފުކޮށްދީފައިނުވާތީ ގިނަ ބަޔަކު އަންނަނީ އެ ނިންމުމަށް ފާޑުކިޔަމުންނެވެ. އަދި އެވަޒީރުންނަކީ އެ ބޭފުޅުންނާ ހަވާލުކުރައްވާފައިވާ ދާއިރާތަކުގެ މަސައްކަތަށް ޤާބިލު އެކަށީގެންވާ ބޭފުޅުންކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

މި ލިއުމާއި ގުޅޭ