Thursday 18th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައްޔިތުންގެ މަޖިލީސް

އުޝާމާއި ޝަހީމް އަދި ހައިދަރު ފިޔަވާ ހުރިހާ ވަޒީރުންނަށް ރުހުން ދީފި!

އެޓާނީ ޖެނެރަލްގެ މަގާމަށް އައްޔަންކުރެއްވި އަހްމަދު އުޝާމް އާއި، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އިތުރުން ހައުސިން މިނިސްޓަރުކަމަށް އައްޔަންކުރެއްވި ޑރ. އަލީ ހައިދަރު ފިޔަވައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓަށް އައްޔަންކުރެއްވި ހުރިހާ ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް، ދައުރުން ބޭރުން މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ކޮންމެ ވަޒީރަކަށް ވަކިން ވޯޓަށް އެހިއިރު، އުޝާމަށް ރުހުން ނުދޭން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 44 މެންބަރުންގެ ވޯޓުންނެވެ. އޭނާއަށް ރުހުންދޭން ފެންނަކަމަށް ވޯޓުދެއްވީ 24 މެންބަރުންނެވެ.
އިސްލާމިކް މިނިސްޓަރުކަމަށް ޝަހީމަށް ރުހުން ދޭން ފެންނަ ކަމަށް 30 މެންބަރުން ވޯޓުދެއްވި ނަމަވެސް، ރުހުންދޭން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވުމުން އޭނާއަށް ވެސް މިއަދު ރުހުން ނުލިބުނެވެ. އަދި ހައިދަރަށް ރުހުން ދޭން ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވިއިރު، ރުހުންދޭން ފެންނަކަމަށް ވޯޓުދެއްވީ އެންމެ 24 މެންބަރުންނެވެ.

މަޖިލީހުން ރުހުންދިން ވަޒީރުން

 • 1 - ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން: 71 ވޯޓު
 • 2 - ފޮރިން މިނިސްޓަރު މޫސާ ޒަމީރު: 70 ވޯޓު
 • 3 - ހޯމް މިނިސްޓަރު އަލީ އިހުސާން: ރުހުންދޭން ފެންނަކަމަށް 68 ވޯޓު، ނުފެންނަ ކަމަށް އެއް ވޯޓު
 • 4 - ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: 70 ވޯޓު
 • 5 - އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީގު: ރުހުންދޭން ފެންނަ ކަމަށް 55 ވޯޓު، ނުފެންނަ ކަމަށް 9 ވޯޓު
 • 6 - ހެލްތު މިނިސްޓަރް އަބްދުﷲ ޚަލީލް: 68 ވޯޓު
 • 7 - އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު: ރުހުންދޭން ފެންނަ ކަމަށް 37 ވޯޓު، ނުފެންނަ ކަމަށް 32 ވޯޓު
 • 8 - ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: 69 ވޯޓު
 • 9 - ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް: ރުހުންދޭން ފެންނަ ކަމަށް 58 ވޯޓު، ނުފެންނަ ކަމަށް ދެ ވޯޓު
 • 10 - ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް: 69 ވޯޓު
 • 11 - ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު: 70 ވޯޓު
 • 12 - އެންވަޔަރްމެންޓް މިނިސްޓަރު ތޯރިގު އިބްރާހީމް: 69 ވޯޓު
 • 13 - ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުﷲ މުއްތަލިބު: 70 ވޯޓު
 • 14 - އެގްރިކަލްޗާ މިނިސްޓަރު އައިޝަތު ރަމީލާ: 70 ވޯޓު
 • 15 - ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު: 68 ވޯޓް
 • 16 - ދިވެހި ލޭންގުއޭޖް މިނިސްޓަރު އާދަމް ނަސީރު: 63 ވޯޓު
 • 17 - ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ: 66 ވޯޓު, ނުފެންނަ ކަމަށް އެއް ވޯޓު
 • 18 - ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް: 70 ވޯޓު
 • 19 - ޓްރާންސްޕޯޓް މިނިސްޓަރު މުހަންމަދު އަމީން: 67 ވޯޓު
ދައުރުން ބޭރުން އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވައި، ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ އިއްޔެ އެޖެންޑާކުރުމާއެކު ބައެއް ވަޒީރުންނަށް ރުހުން ނުދޭން، މަޖިލީހުގެ މެޖޯރިޓީ އޮންނަ އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި ޑިމޮކްރެޓްސް އިން އޮތީ ނިންމާފަ އެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެއާއި ރޭގައި ވެސް މަޖިލީހުގެ ޖަލްސާ ބޭއްވި ނަމަވެސް، ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމި ނިންމުމާ ގުޅިގެން ސަރުކާރުގެ މެންބަރުންނާއި އިދިކޮޅު މެންބަރުންނާ ދެމެދު މަޖިލީހުގައި ހަމަނުޖެހުން ހިނގައި، ރުހުން ދިނުމަށް ވޯޓަށް ނޭހި ޖަލްސާ ނިންމާލީ އެވެ.
މި ލިއުމާއި ގުޅޭ