Sunday 16th Mar 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ މިނިސްޓަރ ފައިސަލް

ޕާކިސްތާނުގެ ހައިކޮމިޝަނަރާއި ޓޫރިޒަމް މިނިސްޓަރ ފައިސަލް ބައްދަލުކުރައްވައިފި

ޕާކިސްތާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ވައިސް އެޑްމިރަލް ރިޓަޔަރޑް މުޙައްމަދު ފައްޔާޒް ގިލާނީ އާއި ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ބައްދަލުކުރައްވައިފިއެވެ.

މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމުގައިި ޓޫރިޒަމް މިނިސްޓަރުގެ އިތުރުން މޯލްޑިވްސް މާކެޓިންގ ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންގެ ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޒިހުނީ ރަޝީދު ބައިވެރިވެލެއްވިއެވެ.

ޕާކިސްތާނުގެ ހައިކޮމިޝަނަރާއި މިނިސްޓަރ ފައިސަލްގެ ބައްދަލުވުމުގައި ދެޤައުމުގެ ދެމެދުގައި ފަތުރުވެރިކަމުގެ ދާއިރާއިން އެއްބާރުލުން އިތުރު ކުރުމާއި އެކި ދާއިރާތަކުގައި ހުރި އިންވެސްޓްކުރުމުގެ ފުރުސަތުތަކާއި ބެހޭގޮތުން ވާހަކަ ދެކެވުނެވެ. އަދި ދިވެހިރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމާބެހޭ މަޝްވަރާތައްވެސް ކުރެވުނެވެ.

މި ލިއުމާއި ގުޅޭ