Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

ކުރީ ސަރުކާރުގައި ފެނަކައިން ކުންފުންޏަކަށް ނުދައްކާހުރި 35 މިލިއަން ރުފިޔާ 1 މަސްތެރޭ ދައްކަން ހުކުމްކޮށްފި

ކުރީ ސަރުކާރުގެ ދުވަަސްވަރު ޕަވާ އިންޖިނިއަރިން ކިޔާ ކުންފުންޏަކަށް ފެނަކަ އިން ދައްކަން ޖެހިފައިވާ 35.23 މިލިއަން ރުފިޔާ ނުދައްކާ ހުރުމާއި ގުޅިގެން އެކުންފުނިން ދަޢުވާ ކުރުމުން އެއްމަސްތެރޭގައި ފައިސާ ދައްކާ ޚަލާސް ކުރުމަށް ފެނަކައިގެ މައްޗަށް ސިވިލްކޯޓުން އަމުރުކޮށްފިއެވެ.

ސިވިލް ކޯޓުން އިއްޔެ ހުކުމްކުރީ ޕަވާ އިންޖިނިއަރިން ކިޔާ ކުންފުންޏަކުން ފެނަކައިން ހޯދާފައިވާ ޚިދުމަތްތަކާއި މުދާތަކަށް ވާ 35 މިލިއަނަށްވުރެ ގިނަ ފައިސާ ފެނަކައިން ނުދައްކާ އޮތުމުގެ ސަބަބުން އެ ކުންފުނިން ފައިސާ ހޯދުމަށް ދައުވާކުރުމުންނެވެ.

ޕަވާ އިންޖިނިއަރިން އިން ފެނަކައަށް ސަޕްލައިކޮށްދިން ޖަނަރޭޓަރުތަކާއި ކޭބަލްތަކަށް ދައްކަން ޖެހޭ 30.43 މިލިއަން ރުފިޔާ އާއި އެ ކުންފުނީގެ ފިހާރައިން ފެނަކައިން ނެގި މުދަލަށްވާ 4.8 މިލިއަން ރުފިޔާއަކީ ފެނަކައިން ދައްކަން ޖެހޭ ފައިސާތަކެއްކަން ސާބިތުވާކަމަށާއި އެއް މަސްތެރޭގައި ދެއްކުމަށް ސިވިލްކޯޓުގެ ހުކުމްގައި ވެއެވެ.

ފެނަކަ ވަނީ ހިންގުމަށް ދަތިވާވަރަށް ދަރާފައި ކަމަށާއި 4.1 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވަނީ ވިދާޅުވެފަ އެވެ. މިދިޔަ ސަރުކާރުގައި ފެނަކައިން އެތައް ކުންފުންޏަކުން ޚިދުމަތާއި މުދާ ހޯދުމަށްފަހު ފައިސާ ނުދައްކައި އެބަހުރިކަމަށް އެތައްކުންފުންޏަކުން ވަނީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކޮށްފައެވެ.

މި ލިއުމާއި ގުޅޭ