Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ނަޝީދު

ރައީސް ނަޝީދު ކައިވެނިކުރައްވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކައިވެނިކުރައްވައިފިއެވެ.

"ދިޔަރެސް"އަށް ކަށަވަރުވެފައިވާ ގޮތުގައި ރައީސް ނަޝީދު ކާވެނިކުރައްވާފައިވަނީ ޔުމްނީ ރުޝްދީއާއެވެ. ޔުމްނާއަކީ ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚު އިބްރާހީމް ރުޝްދީއަށް ކާފަ ވިދާޅުވާ ބޭފުޅެކެވެ.

ރައީސް ނަޝީދާއި ޔުމްނާ ކައިވެނިބައްލަވައިގަތީ އަވައްޓެރި ސްރީލަންކާގައި އިއްޔެކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކައިވެނީގެ ކަންކަން އެނގޭ ފަރާތްތަކުން އަންނަނީ ރައީސް ނަޝީދަށް ކައިވެނީގެ މަރުހަބާ ކިޔަމުންނެވެ.

ރައީސް ނަޝީދު ކުރިން ކައިވެނިކުރެއްވީ މަޝްހޫރު ވިޔަފާރިވެރިޔާ އެލީ އަލީ ޢަބްދުﷲގެ ދަރިކަނބަލުން ލައިލާ އަލީ އަބްދުﷲއާއެވެ. އެ ކައިވެނިން ދެ ބޭފުޅަކު ލިބިފައިވެޑައިގެންފައިވެއެވެ.

ރައީސް ނަޝީދާއި ލައިލާ ވަރިވެވަޑައިގެންފައިވަނީ މީގެ އަހަރުތަކެއް ކުރިންނެވެ. ނަމަވެސް އެވާހަކަ އެއިން ބޭފުޅަކު އާންމުކޮށް ނުދައްކަވައެވެ.

މި ލިއުމާއި ގުޅޭ