Sunday 26th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ރައީސް ޑރ.މުޢިއްޒު ހެންވޭރު ދަނޑަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް-ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހެންވޭރު ދަނޑަށް ވަޑައިގެންފިއެވެ.

ރައީސް އެ ސަރައްހައްދަށް ވަޑައިގެންނެވީ މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.
ރައީސްގެ އަރިހުގައި އެމަނިކުފާނުގެ ޚާއްސަ މުޝީރު އަދި ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ލީޑާޝިޕްގެ ބޭފުޅުން ވެސް ވަޑައިގެންނެވިއެވެ.
ހެންވޭރު ދަނޑުގައި ބަހައްޓާފައިވަނީ އަތޮޅުތަކަށް ޚާއްސަ ފޮށިތަކެވެ.
ޕީޕީއެމް-ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން ފެށީ މިއަދު 10:00 ގައެވެ. ވޯޓުލުން ކުރިއަށްދާނީ ހަވީރު 17:00 އާ ހަމައަށެވެ. ނަމަވެސް ބައެއްކަހަލަ ސަބަބުތަކާހުރެ ބައެއް ދާއިރާތަކުގެ ވޯޓު ފޮށި ބަންދުކުރާ ގަޑި ވަނީ ފަސްކޮށްފައެވެ.
73 ދާއިރާއެއްގެ ޕްރައިމަރީ ބާއްވާއިރު ވޯޓުލުމަށް 227 ފޮށި ވަނީ ބަހައްޓައިފައެވެ. މި ޕްރައިމަރީގައި ޖުމްލަ 71،597 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މި އިންތިޚާބުގައި ވާދަކުރައްވަނީ ޖުމްލަ 283 ކެންޑިޑޭޓުންނެވެ.
ޕްރައިމަރީއަކާ ނުލައި 13 ބޭފުޅަކަށް ވަނީ ޕީޕީއެމް-ޕީއެންސީގެ ޓިކެޓު ލިބިފައެވެ. އެބޭފުޅުންނަށް ޓިކެޓު ކަށަވަރުވީ އެ ބޭފުޅުން ކުރިމަތިލެއްވި ދާއިރާތަކަށް އިތުރު ބޭފުޅަކު ކުރިމަތިލައްވައިފައިނުވާތީއެވެ.
މި ލިއުމާއި ގުޅޭ