Wednesday 28th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ޓޮޓެންހަމް ބަލިކޮށް ސިޓީ އެފްއޭ ކަޕް ކުއާޓާ ފައިނަލަށް

އިނގިރޭސި އެފްއޭ ކަޕްގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ 1-0 އިން ބަލިކޮށް މެންޗެސްޓާ ސިޓީ މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.

ގަދަ 16 ގެ މެޗުގައި ރޭ ސިޓީ ކުރި ހޯދީ ޓޮޓެންހަމްގެ ދަނޑުގަ އެވެ. މެޗުގައި ސިޓީގެ ހަމައެކަނި ގޯލު މެޗުގެ 88 ވަނަ މިނެޓުގައި ޖެހީ ޑިފެންޑަރު ނޭތަން އަކޭ އެވެ.

އަނިޔާ އަށް ފަރުވާ ހޯދަމުން އަންނަ ސިޓީގެ އާލިން ބްރައުޓް ހާލަންޑް ރޭގެ މެޗުގައި ވެސް ކުޅެފައެއްނުވެ އެވެ. އެކަމަކު އަނިޔާގެ ސަބަބުން މިދިޔަ ނޮވެމްބަރު މަހުގެ ފަހުން މެޗެއް ކުޅެފައިނުވާ ޓޮޓެންހަމްގެ ޖޭމްސް މަޑިސަން ރޭ ވަނީ އަލުން ކުޅުމުގެ ތެރެއަށް އައިސްފަ އެވެ.

ސީޒަން ފެށިގެން ކުރީކޮޅު މަޑިސަން ވަނީ ޓޮޓެންހަމްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސީޒަނުގައި ޓޮޓެންހަމް އަށް ބާކީ އޮތީ ލީގު ރޭހުގައި ރަނގަޅު ހިސާބަކަށް ދިއުމެވެ. އެޓީމުގެ އެންމެ ބޮޑު އަމާޒަކީ ގަދަ ހަތަރެއްގައި ހިމެނި އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމެވެ.

އެފްއޭ ކަޕްގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ޗެލްސީ އާއި އެސްޓަން ވިލާ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އެ ދެ ޓީމުގެ ރީޕްލޭ މެޗު އޮންނާނީ އެސްޓަން ވިލާ ދަނޑުގަ އެވެ.

ބްރިސްޓަލް ސިޓީ އާއި ނޮޓިންހަމް ފޮރެސްޓް ވާދަކުރި މެޗު ވެސް ނިމުނީ 0-0 އިންނެވެ. ޝެފީލްޑް ވެނިސްޑޭ އާއި ކޮވެންޓްރީ ސިޓީ މެޗު އެއްވަރުވީ 1-1 އިންނެވެ.
މި ލިއުމާއި ގުޅޭ