Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ

ރީޖަނަލް އެއާޕޯޓްސްގެ ޗެއާމަނަކަށް ނާސިފް

ރީޖަނަލް އެއަރޕޯޓްސް (އާރްއޭސީއެލް) ޗެއާޕާސަނަކަށް އަހްމަދު ނާސިފް އައްޔަންކޮށްފިއެވެ.

އާރްއޭސީއެލް އިން ބުނީ ނާސިފްގެ ލީޑަޝިޕް ހުނަރާއި ސްޓްރެޓެޖިކް ވިސްނުމާއި އެކު، އެ ކުންފުނި އާ އުސްމިންތަކަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ނާސިފަކީ ކުރީގެ ރައީސް އަބްދުﷲ ޔަމީންގެ ސަރުކާރުގައި ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް (ޓީސީއެލް) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމާއި ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ އެމްޑީގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެކެވެ.

އެޗްޑީސީގެ އެމްޑީގެ މަގާމުވެސް ނާސިފް އަދާކުރައްވާފައިވެއެވެ.

މި ސަރުކާރުގައި އާރްއޭސީއެލްއަށް އެމްޑީއަށް އައްޔަން ކުރައްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ މެމްބަރުކަން ކުރެއްވި އަހުމަދު މުބީންއެވެ.

މި ލިއުމާއި ގުޅޭ