Monday 21st Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހަމަނުޖެހުން

މާރާމާރީ ހިންގި މައްސަލައެއްގައި އިންޑިއާ މީހަކު ހައްޔަރުކޮށްފި

މާރާމާރީ ހިންގި މައްސަލައެއްގައި އިންޑިއާ ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ ނިވިން ރާޖާ ކިޔާ މީހެކެވެ.
އޭނާ ބަންދުނުކޮށް ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަަތަށް ނުރައްކަލެއް ކުރިމަތިވެދާނެކަމަށްޓަކައި ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އޭނާގެ ބަންދަށް 10 ދުވަސް ޖަހައިފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން އޭނާއަކީ ރާއްޖޭގައި އިމިގުރޭޝަންގެ ގާނޫނާ ޚިލާފަށް އުޅެމުންދާ މީހެކެވެ.
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ކުށްކުށަށް އަރައިގަންނަ ބިދޭސީންގެ އަދަދު ގިނައެވެ. އޭގެތެރޭގައި އިންޑިއާގެ މީހުން ވެސް ހިމެނެއެވެ. އިންޑިއާގެ ގިނަ މީހުން އާންމު ގޮތެއްގައި ހައްޔަރުކުރަނީ ބަނގުރަލާއި މަސްތުވާތަކެއްޗާއި މާރާމާރީގެ މައްސަލަތަކުގައެވެ.
މި ލިއުމާއި ގުޅޭ