Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ސްރީލަންކާ 2 މަސްބޯޓު ކޯސްޓް ގާޑުން ހިފަހައްޓައިފި

ސްރީލަންކާގެ 2 މަސްބޯޓު ކޯސްޓް ގާޑުން ހިފަހައްޓައިފިއެވެ.

ދިވެހިރާއްޖޭގެ ދިފާއީ ބާރުން މައުލޫމާތު ދިން ގޮތުގައި އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދެވުނު 2 މަސްބޯޓަކީ ރާއްޖޭގެ ސަރަހައްދުގައި ގާނޫނާއި ހިލާފަށް މަސްވެރިކަން ކުރިކަމުގެ ތުހުމަތުގައި ހިފެހެއްޓުނު 2 މަސްބޯޓެވެ.

އެ 2 މަސްބޯޓު ހިފަހައްޓާފައިވަނީ މީގެ 2 ދުވަސްކުރިންކަމަށް ސިފައިން މައުލޫމާތުދީފައިވެއެވެ. އެއީ އެމްއެންޑީއެފްއަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ސިފައިންގެ ބެލުމުގެ ދަށަށް ގެނެވުނު 2 މަސްބޯޓުކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި 2 މަސްބޯޓުގައި ޖުމްލަ 13 ފަޅުވެރިން ތިއްބެވެ. އެއީ 1 ބޯޓުގައި 6 ފަޅުވެރިންނާއި އަނެއް ބޯޓުގައި 7 ފަޅުވެރިންނެވެ.

އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ، އަތުލައިގަނެވުނު 2 މަސްބޯޓު މިހާރު ވަނީ ހއ.ފިއްލަދޫގައި ބަނދަރުކޮށްފައިކަމަށެވެ. އަދި މާލެ ގެނައުމަށްފަހު، 2 މަސްބޯޓު ފުލުހުންނާއި ހަވާލުކުރާނެކަމަށްވެސް ސިފައިން ބުނެފައިވެއެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯނުގައި މަސްވެރިކަން ކުރި އެތައް މަސްބޯޓެއް ހިފަހައްޓަފައިވެއެވެ. ހާއްސަކޮށް ސްރީލަންކާގެ މަސްބޯޓުތައް މި ސަރަހައްދުގައި ހަރަކާތްތެރިވާލެއް ގިނައެވެ. އެގޮތުން، މިދިއަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުން ލަންކާގެ 5 މަސްބޯޓެއް ހިފަހައްޓާފައިވެއެވެ.

މި ލިއުމާއި ގުޅޭ