Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހަށިވިއްކުން

ޖިންސީ އަމަލުކުރަން ބޭނުންކުރާ އާލަތްތަކާއެކު ހަށިވިއްކުމުގެ މައްސަލައެއްގައި އަންހެނަކު ހައްޔަރުކޮށްފި

ޖިންސީ އަމަލުކުރަން ބޭނުންކުރާ އާލަތްތަކާއެކު ހަށިވިއްކުމުގެ މައްސަލައެއްގައި ބިދޭސީ އަންހެނަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވިއެޓްނާމްގެ އުމުރުން 34 އަހަރުގެ ޓްރުންގ ތި ހޮންގ ކިޔާ މީހެކެވެ.
ފުލުހުން ބުނީ އޭނާ ހުރި ކޮޓަރި ބަލައި ފާސްކުރިއިރު ޖިންސީ އަމަލުކުރަން ބޭނުންކުރާ އާލަތްތައް (ބޭނުންކޮށްފައިވާ އަދި ބޭނުންނުކުރާ ތަކެތި) ފެނިފައިވާ ކަަމަށެވެ.
މީގެއިތުރުން އޭނާގެ އަތުން ފައިސާ ފެނިފައިވާއިރު އެ ފައިސާއަކީ ހަށިވިއްކައިގެން ހޯދި ފައިސާ ކަމަށް އޭނާ ވަނީ އިއުތިރާފުވެފައެވެ.
އޭނާގެ ބަންދާމެދު ގޮތެއް ކަނޑައަޅަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ ފަސް ދުވަހުގެ މުއްދަަތަށް ބަންދުކުރަން އަމުރުކޮށްފައެވެ.
ބަންދަށް ކުރު މުއްދަތެއް ދިނީ ހައްޔަރުކުރި ފަހުން 24 ގަޑިއިރު ވާން ކައިރިވިއިރު ވެސް ތަރުޖަމާނެއް ލިބިފައިނުވާ ކަމަށް ބުނެފައިވާތީ އޭނާގެ ބަންދުގެ މުއްދަތު މަޖިލިސް ތަރުޖަމާނަކާ ނުލައި ކުރިއަށް ގެންދަން ޖެހުމުގެ ސަބަބުންނެވެ.
މި ލިއުމާއި ގުޅޭ