Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޕީއެމް/ޕީއެންސީ ޕްރައިމަރީ

ޕީޕީއެމް-ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓްލުން މާދަމާ ހެނދުނު 10 އިން ހަވީރު 5 އަށް

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ޓިކެޓްގައި ވާދަކުރާނެ ފަރާތްތައް ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 10 އިން ހަވީރު 5 އަށް ކަމުގައި އެކޯލިޝަނުން ހާމަކޮށްފިއެވެ.

ޕީޕީއެމްއިން އެކްސް ގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ މާދަމާ ބޭއްވޭ ޕްރައިމަރީގައި 71،597 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާކަމަށެވެ. 283 ކެނޑިޑޭޓުން 73 ދާއިރާއަކަށް ވާދަކުރައްވާ މިޕްރައިމަރީގައި 227 ވޯޓް ފޮށި ބަހައްޓާނެއެވެ.

ހެނދުނު 10 ޖަހާއިރު ވޯޓްލުން ފެށޭނެކަމަށާއި ވޯޓްފޮށިތައް ބެހެއްޓޭނެ ތަންތަނަކީ ކަލާފާނު ސްކޫލާއި، ޖަމާލުއްދީން ސްކޫލާއި، ތާޖުއްދީން ސްކޫލް އަދި ވިލިމާލެ ޔޫތް ސެންޓަރ، ކާމިލްދީދީ ސްކޫލް (ހުޅުމާލެ) އަދި ރެހެންދި ސްކޫލް (ހުޅުމާލެ)ގައި ކަމަށާއި އަތޮޅުތަކަށް ޚާއްސަ ފޮށިތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ހެންވޭރު ދަނޑުގައި ކަމަށް ޕީޕީއެމްގެ ޓުވީޓުގައި ވެއެވެ.

މާދަމާ ޕްރައިމަރީގެ ވޯޓްލުން ބައްވާގޮތަށް ނިންމާފައިވާއިރު ޕްރައިމަރީގައި ވާދަކުރުމަށް ފޯމްހުށަހެޅި ހުރިހާ ކެނޑިޑޭޓުންނަށް ވަނީ ފުރުސަތު ދީފައެވެ. އަދި އެންމެ ފަރާތަކުން ކުރިމަތިލައިފައިވާތީވެ 13 ދާއިރާއެއްގައި ޕްރައިމަރީ ނުބާއްވަން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ނިންމާފައެވެ.

މި ލިއުމާއި ގުޅޭ