Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހީނާ ވަލީދު

މިމަހުގެ 25 ވަނަ ދުވަހާ ހަމައަށް 1،922 ޓިކެޓު ދޫކޮށްފައިވޭ

ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ބޭސްފަރުވާގެ ކަންކަމަށް 1،922 ޓިކެޓު ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން ދޫކޮށްފައިވާކަމަށް އެ އެޖެންސީގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ބޭސްފަރުވާއަށް ބޭނުންވާ އެހީތެރިކަން ހޯދަން އެދޭ ބައެއް ފަރާތްތަކަށް އެހީތެރިކަން ނުދެނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަންގަވައިގެންކަމަށް ބުނެ ބައެއް ފަރާތްތަކުން އަންނަނީ އެމަނިކުފާނަށާއި ސަރުކާރަށް އެކި ބާވަތުގެ ތުހުމަތުތައް އަމާޒުކޮށް ފާޑުކިޔަމުންނެވެ.

މި ފާޑުކިޔުންތަކަށް ރައްދުދެއްވައި އެކްސްގައި ހީނާ ޝާއިއުކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ ބޭސްފަރުވާކުރުމުގައި އެހީތެރިކަމަށް އެދޭ ފަރާތްތަކަށް އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައި، އެހީތެރިކަން ހަމަޖައްސައިދެނީ އާސަންދައާއި އެންސްޕާއިން ކަމަށެވެ.

އަދި އިތުރަށް ހީނާ ވިދާޅުވީ ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ހުށަހަޅާ މައްސަލަތަކާމެދު އަމަލުކުރާނެ ގޮތަކާމެދު ވަކި ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ އިރުޝާދުދެއްވާ އުސޫލެއް ނޯންނަ ކަމަށެވެ.

އިތުރަށް ހީނާ ވިދާޅުވީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 25 ވަނަ ދުވަހާ ދެމެދުގައި ބޭސްފަރުވާ ހޯދުމަށް އެދުނު ފަރާތްތަކަށް 1،922 ޓިކެޓު ދޫކޮށްފައިވާ ކަމަށެވެ. ދޫކޮށްފައިވާ ޓިކެޓުތަކުގެ 97.2 އިންސައްތައަކީ ބޭރުން ފަރުވާ ހޯދުމަށް އިންޑިއާއަށް ދިއުމަށް ދޫކުރި ޓިކެޓުކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމާއެކު ކުރިން އާސަންދަ ނުލިބޭ ބައެއް ޚިދުމަތްތައް އާސަންދައިން ލިބޭނެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ. އެގޮތުން ދަރިމައިވުމުގެ ފަރުވާއާއި ޕީސީއޯއެސްގެ މައްސަލަތަކުގެ ފަރުވާގެ ޚަރަދު އާސަންދައިން ހަމަޖެހޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

އަދި ތެލެސީމިއާގެ ޑީއެންއޭ ޓެސްޓުތަކަށްވެސް އާސަންދައިން ޚަރަދު ހަމަޖެހޭ ގޮތަށް ސަރުކާރުންވަނީ ނިންމާފައެވެ.

އަދި އާސަންދައިން ޚިދުމަތް ލިބޭ ޤައުމުތައް އިތުރުކޮށް އަވައްޓެރި އިންޑިއާއާއި ސްރީލަންކާގެ އިތުރަށް ތައިލޭންޑާއި ޔުނައިޓެޑް އަރަބިކް އެމިރޭޓްސްއިން އާސަންދައިގެ ދަށުން ޚިދުމަތްތައް ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ.

މި ލިއުމާއި ގުޅޭ