Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސޫދާން

ސޫދާނުގައި ހިނގަމުންދާ ހަމަނުޖެހުމުގައި މަރުވި މީހުންގެ ޢަދަދު 13,000 އަށް އަރައިފި

ސޫދާނުގައި ހިނގަމުންދާ ދާޚިލީ ހަމަނުޖެހުންތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު 13,000އަށް އަރާފައިވާކަމަށް އދ.އިން ބުނެފިއެވެ.

ސޫދާންގެ އަސްކަރިއްޔާއާއި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)އާ ދެމެދު އުފެދުނު ދެބަސްވުންތަކެއް ހަމަނުޖެހުންތަކަކަށް ބަދަލުވެފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ.

އާރްއެސްއެފްގެ ފައުޖުން ވަނީ ވެެރިރަށް ޚަރްތޫމަށް އަރައި އަސްކަރިއްޔާގެ އިސް މަރުކަޒުތައް އެ ފައުޖުގެ ބާރުގެ ދަށަށް ގެންނަން މަސައްކަތް ކޮށްފައެވެ.
އެ ހަމަނުޖެހުންތަކުގެ ދެ ފަރާތުގައި ތިބީ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ޢަބްދުލްފައްތާޙް އަލް-ބުރްހާނާއި އާރްއެސްއެފްގެ އިސްވެރިޔާ ޖެނެރަލް މުޙައްމަދު ހަމްދާން ދަގަލޯއެވެ. ޚަރްތޫމްގެ ބައެއް ސަރަޙައްދުތައް މިހާރު އޮތީ އާރްއެސްއެފްގެ ބާރުގެ ދަށުގައެވެ.
ދެ ފަރާތުގެ ދެމެދުގައި ބަދަލު ކުރަމުންދާ ޙަމަލާތަކުގެ އިތުރުން ސޫދާންގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާ ކަމުގައި ވެސް އދގެ އިދާރާއިން ބުންޏެވެ. އެ ގޮތުން ސޫދާންގެ އެކި ކަންކޮޅުތަކުގައި ނުރައްކާތެރި ބައްޔެއް ކަމުގައިވާ ކޮލެރާ ހަލުވިކަމާ އެކު ފެތުރެމުންދާ ކަމަށާއި ބަލީގެ އަސަރު ކޮށްފައިވާ މީހުންގެ ޢަދަދު 9,700 އަރާ ކަމުގައި އެ އިދާރާއިން ބުންޏެވެ. އެ ބަލީގައި މަރުވެފައިވާ މީހުންގެ ޢަދަދު ވަނީ 269އަށް އަރާފައެވެ.
އިންސާނީ އެހީގެ ކަންކަން ވިލަރެސްކުރާ އދގެ އިދާރާއިން ބުނީ ދެ ފަރާތުގެ ދެމެދުގައި ހިނގަމުންދާ ވަރުގަދަ ކުރިމަތިލުންތަކުގައި މަރުވެފައިވާ މީހުންގެ ޢަދަދު 13,000 އުފުލިފައިވާ ކަމަށާއި ޒަޚަމުވެފައިވާ މީހުންގެ ޢަދަދު 26,000އަށް އަރާފައިވާ ކަމުގައެވެ. އަދި ހަމަނުޖެހުންތަކުގެ ސަބަބުން 7.6 މިލިޔަން މީހުން ގެދޮރު ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަޖުބޫރުވެފައިވާ ކަމުގައި އެ އިދާރާއިން ބުންޏެވެ.
މި ލިއުމާއި ގުޅޭ