Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ވަފުދަކާއެކު ރައީސް ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ޚަރަދުވީ 2.4 މިލިއަން ރުފިޔާ!

ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި އެ މަނިކުފާނު ވަފުދު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ހަރަދުވީ 2.4 މިލިއަން ރުފިޔާ ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް ޑރ. މުއިއްޒުގެ ޗައިނާގެ ފުރަމާނާ ދަތުރުފުޅުގައި ގެންދެވި 30 ބޭފުޅުންގެ ވަފުދަށް ދިޔަ ހަރަދު ސަރުކާރުން މިއަދު ވަނީ އާންމުކޮށްފައެވެ.

ރައީސް ޗައިނާއަށް ކުރެއްވި މި ދަތުރުފުޅުގައި ޗައިނާގައި އެމަނިކުފާނާއި ވަފުދުގެ އެހެން ބޭފުޅުން އެ ގައުމުގައި ތިއްބެވުމާއި ފަރިއްކޮޅާއި ދަތުރުފަތުރުގެ ހަރަދު ހަމަޖެއްސީ ޗައިނާ ސަރުކާރުންނެވެ. ދިވެހި ސަރުކާރުގެ ހަރަދު ދިޔައީ އެބޭފުޅުންގެ ޓިކެޓަށާއި ޕޮކެޓްމަނީއަށް އެކަންޏެވެ.

ސަރުކާރުން ބުނިގޮތުގައި މި ދަތުރުފުޅުގައި ރާއްޖެއިން ޗައިނާ އަށް ތިން ބިޒްނަސް ކްލާސް އަދި 27 ބޭފުޅަކު އިކޮނޮމީ ކްލާސްގައި ކުރެއްވި ދަތުރަށާއި ޗައިނާއިން ރާއްޖެ ވަޑައިގަތުމަށް 29 ބޭފުޅުން (10 ބިޒްނަސް ކްލާސް، 19 އިކޮނޮމީ ކްލާސް) ޓިކެޓަށް ހޭދަވެފައިވަނީ 2.4 މިލިއަން ރުފިޔާއެވެ.

އަދި ޕޮކެޓު މަނީގެ ގޮތުގައި ބޮލަކަށް 10،0165.5ރ. އާއި ސިމްކާޑާއި ވީޕީއެން ގަތުމަށް 14،000ރ. އަދި އިންސިޑެންޓަލް ހަރަދުގެ ގޮތުގައި 89،000ރ. ވަނީ ހޭދަކޮށްފައެވެ.

މި ލިއުމާއި ގުޅޭ