Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރައީސް ޑރ.މުޢިއްޒު

ރައީސް ޔާމީން ބަންދުގައި ހުންނަވާތީ ރައީސް މުއިއްޒު ކަންބޮޑުވެ ވަޑައިގަންނަވާ: ހަލީލް

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބަންދުގައި ހުންނަވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ކަންބޮޑުވެ ވަޑައިގަންނަވާކަމަށް ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ހަލީލް މިހެން ވިދާޅުވީ، 'އަސްލު ޓީވީ' ފަށައިގަތުމުގެ ޕްރޮގްރާމުކަމަށްވާ 'އަސްލު ފެށުން' ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެގޮތުން، ހަލީލް ވިދާޅުވީ، ރައީސް ޑރ. މުއިއްޒަކީ، ވެވަޑައިގަންނަވާ ވައުދުފުޅުތަކާއި ހިލާފުވާނެ ވެރިއެއް ނޫންކަމަށާއި، އެމަނިކުފާނު ވެވަޑައިގަންނަވާ ވައުދުފުޅުތައް ފުއްދަވާނެކަމަށް ހަލީލް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވިވެފައި ހުރި ވިދާޅުވުންތައް އެ ބަޔަކު ބޭނުންވާ ގޮތަކަށް ނޭރޭޓިވްސް ސެޓް ކޮށްގެން އެބަޔަކު ބޭނުންވާ، ޝައުގުވެރިވާ ގޮތަކަށް ދެއްކުން އެއީ ރައީސް މުއިއްޒު ވިދާޅުވި އަސްލާ ހިލާވުން.
ހަލީލް ވިދާޅުވިއެވެ.

ހަލީލް އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވާ ދުވަހުން ފެށިގެން ދިވެހިރާއްޖޭގެ އަދުލު އިންސާފުގެ ނިޒާމަށް އެކި ފަރާތްތަކުން ފޯރުވާ ނުފޫޒު ހުއްޓުމަކަށް ގެންނާނެކަމަށް ވިދާޅުވެފައިވާކަމަށެވެ. އަދި ހަމައެފަދައިން، ރައީސް ޔާމީން މިނިވަންވުމަށް ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވިނަމަވެސް، އެމަނިކުފާނު ޖުޑީޝަރީއަށް ނުފޫޒެއް ނުފޮރުވާނެކަމަށް ވިދާޅުވެފައިވާކަން ހަލީލް ފާހަގަކުރެއްވިއެވެ.

ރައީސް ޔާމީން ގެ އަރިހުގައި އުޅުއްވާ ބޭފުޅުންނާއި ބައެއް ސަޕޯޓަރުން އެކި ވާހަކަ ފެތުރި ނަމަވެސް މިހާތަނަށް ރައީސް ޔާމީނުގެ މައްސަލައަށް ރައީސް ޑރ. މުއިއްޒުގެ ނުފޫޒެއް ފޯރާފައި ނުވާނެކަމަށާއި، ހަމައެފަދައިން، ވެރިއެއްގެ ނުފޫޒުގެ ސަބަބުން މިނިވަންވެފައިވާ އަފްރާދެއްކަން ދެއްކުމަށް ރައީސް ޔާމީން ބޭނުންފުޅުވެ ވަޑައިނުގަންނަވާނެކަމަށް ހަލީލްވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެއްވި ހުކުމަކީ، ރައީސް ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތެރެއިން ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލައިގެ ހުކުމެވެ.

މި ލިއުމާއި ގުޅޭ