Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުރީގެ މިނިސްޓަރ ފައިސަލް

ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ދިވެހި ފަންނުވެރިންނަށް ގެއްލުންވާނެ ކަމެއް ނުކުރާނެ: ފައިސަލް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެކަމުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު ފައިސަލް އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.

މިފަދައިން ފައިސަލު ވިދާޅުވީ ރާއްޖޭގެ ރިސޯޓުތަކަށް ބޭރުގެ މިއުޒިޝަނުންނާއި ފަންނުވެރިން ގެނައުން ފަސޭހަކުރުމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީން ހުށަހެޅުމާ ގުޅިގެން ދިވެހި މިއުޒިޝަނުންނާއި ފަންނުވެރިން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ބޭރުން މިއުޒިޝަނުން ގެނައުން ފަސޭހަކޮށް، ބިދޭސީ ފަންނުވެރިންނަށް ރިސޯޓުތަކުގައި މަސައްކަތްކުރެވޭ ގޮތް ހެދުމަށް އެދި މަޓީން ފާހަގަކުރި ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މުނިފޫހިފިލުވުމުގެ މުހިއްމުކަން ބޮޑުއިރު އެ ދާއިރާއަށް ބޭނުންވާ މިންވަރަށް ދިވެހި ފަންނުވެރިން ނެތެވެ.

ނަމަވެސް އެކަމާ ގުޅިގެން ފަންނުވެރިންވަނީ މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކޮށް މިހާރުވެސް ރިސޯޓުތަކުން ދިވެހި ފަންނުވެރިންނަށް އިސްކަންދިނުމުގެ ބަދަލުގައި ބޮޑަށް މަސައްކަތްކުރަނީ ބިދޭސީ ފަންނުވެރިންނާއި މިއުޒިޝަނުން ގެނައުމަށްކަމަށް ތުހުމަތުކޮށްފައެވެ.

މި މައްސަލަ ބޮޑުވެފައިވަނިކޮށް މިނިސްޓަރު ފައިސަލު ފޭސްބުކުގައި ޝާއިއުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދިވެހި ފަންނުވެރިންނަށް ދެއްވަން އޮތް ޔަގީންކަމަކީ ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ދިވެހި ފަންނުވެރިންނަށް ގެއްލުންވާނެ އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަން ކަމަށެވެ.

އިތުރަށް ފައިސަލު ވިދާޅުވީ ރައީސްގެ އަމާޒަކީ ދިވެހި ފަންނުވެރިންނަށް ފަތުރުވެރިކަމުގެ ދާއިރާއިން މިހާރަށްވުރެ އިތުރަށް ފަހި ފުރުސަތުތައް ހޯދައިދެއްވުން ކަމަށެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ކަމާ ގުޅުންހުރި ހުރިހާ ބޭފުޅުންނާ ބައްދަލުކުރައްވައި ހުރި ކަންބޮޑުވުންތައް އޮޅުންފިލުއްވައި، ރައީސް ޑރ.މުޢިއްޒުގެ ލަފާފުޅުގެ މަތިން އެކަންބޮޑުވުންތަކަށް ހައްލު ހޯދައިދެއްވާނެކަމުގައި ފައިސަލު ވިދާޅުވިއެވެ.

"ކުރިޔަށް އޮތް ދުވަސްތަކުގަައި ކަމާއި ގުޅުން ހުރި ބޭފުޅުންނާއި ބައްދަލުކޮށް ހުރި ކަންބޮޑުވުންތަށް އަޑު އަހާ،ރައީސްގެ ލަފާފުޅާއެކު ހައްލު ހޯދައިދޭނަން،" ޓުއަރިޒަމް މިނިސްޓަރު ފައިސަލް އިބްރާހީމް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ