އަމިއްލަ ހަރަދުގައި މިސްކިތް ބިނާ ކުރުމަށް އަމިއްލަ ތިން ފަރާތަކާ އެކު އިސްލާމިކް މިނިސްޓްރީން ސޮއިކޮށްފިއެވެ.
އެއީ އިސްލާމިކް މިނިސްޓްރީ އާއި އަލީމް ފައުންޑޭޝަނާ ދެމެދު މިސްކިތެއް އެޅުމަށް ސޮއި ކުރެވުނު އެމްއޯޔޫއަކާއި އިސްލާމިކް މިނިސްޓްރީން ލީސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ގުޅިގެން މިސްކިތެއް އެޅުމަށް ސޮއި ކުރެވުނު އެމްއޯޔޫއެކެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އަލީމް ފައުންޑޭޝަނާއި ލީސާ މޯލްޑިވްސް އިން އަޅާ މިސްކިތްތައް ބިނާކުރަން ހަމަޖެހިފައިވަނީ ހުޅުމާލޭގައި ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މިސްކިތް އެޅުމަށް ހުޅުމާލޭން ބިން ހަމަޖެއްސުމާއި އެޗްޑީސީއާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތަކުގައި އެ މިނިސްޓްރީން އެހީތެރިވާނެއެވެ.