Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިލާތުގެ އިއްތިޙާދު

ދިވެހިންނަށް ޔޫރަޕަށް ފަސޭހައިން ދަތުރުކުރެވޭނެ ގޮތްތައް ހޯދުމާމެދު މަޝްވަރާކޮށްފި

ފަރަންސޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެކްސެލެންސީ ޖީން-ފްރާންސުއާ ޕެކްޓެޓް، ރާއްޖޭގެ ހާރިޖީ ވަޒީރު މޫސާ ޒަމީރު އަރިހަށް ކުރެއްވި ޒިޔާރަތުގައި ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމުގައި ފަސޭހަ ގޮތްތަކެއް ހޯދުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވައިފިއެވެ.

ފޮރިން މިނިސްޓްރީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ޒަމީރު ވަނީ ސަފީރަށް މަރުހަބާ ވިދާޅުވެ، ރާއްޖެއާއި ފަރަންސޭސިވިލާތާ ދެގައުމުގެ ދެމެދުގައި އޮތް ގާތް ރަހުމަތްތެރި ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

ފޮރިން މިނިސްޓަރ ޒަމީރާއި ސަފީރު ޕެކްޓެޓް ވަނީ އިގްތިސާދީ ތަރައްގީ އާއި، މޫސުމަށް އަންނަ ބަދަލުތަކާއި އެޑަޕްޓޭޝަން އާއި، ސަލާމަތީ ދާއިރާއިން އެއްބާރުލުން ދިނުމާއި، ދިވެހިންނަށް ޔޫރަޕަށް ދަތުރުކުރުމަށް ލުއި ހޯދައި ދިނުމާއި، ރާއްޖޭގެ މަހުގެ ބާވަތްތަކުން ނަގާ ޓެރިފް ކުޑަކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި ކުދި ޖަޒީރާ ގައުމުތަކާއި، ކަނޑުތަކާއި، ބަޔޯޑައިވަސިޓީއާ ގުޅުންހުރި ކަންކަމުގައި ދެގައުމުގެ ދެމެދުގައި މަލްޓިލޭޓަރަލް އެއްބާރުލުން ދިނުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.

މިނިސްޓަރު ޒަމީރު ވަނީ ފަރަންސޭސިވިލާތާ ގުޅިގެން މަސައްކަތްކުރުމަށް ރާއްޖެއިން ތައްޔާރަށް އޮތްކަން ފާހަގަކުރައްވާފައެވެ.

ސަފީރު ޕެކްޓެޓް ވަނީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް ދިވެހި ސަރުކާރާ ގުޅިގެން މަސައްކަތް ކުރައްވަން ބޭނުންފުޅުވާ ކަމުގެ ޔަގީންކަން ޒަމީރަށް އަރުވާފައެވެ.
މި ލިއުމާއި ގުޅޭ