Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން

ޕްރައިމަރީއަކާ ނުލައި ކޮންގްރެސް ކޯލިޝަންގެ ޓިކެޓް 13 ބޭފުޅަކަށް

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގެ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީޕީއެމް-ޕީއެންސީ) ގެ ޓިކެޓް 13 ބޭފުޅަކަށް ކަށަވަރުވެއްޖެއެވެ.

ޕީޕީއެމް-ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް އެދި ފޯމު ހުށަހެޅި މެންބަރުންގެ ތެރެެއިން ޕްރައިމަރީއަކާ ނުލައި ޓިކެޓް ކަށަވަރުވެފައިވާ މެންބަރުންގެ ނަންތައް އެ ކޯލިޝަނުން މިއަދު ވަނީ އިއުލާނުކޮށްފައެވެ.
ޕީޕީއެމް-ޕީއެންސީއިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މާޗު 17 ގައި ބާއްވާ މަޖިލިސް އިންތިޚާބުގައި އެ ކޯލިޝަނުގެ ފަރާތުން ވާދަކުރަން އެދޭ ފަރާތްތަކަށް ހުޅުވައިލި ފުރުސަތުގައި އެކަމަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން އެންމެ މެންބަރަކު ވާދަކުރުމަށް އެދި ހުށަހަޅާފައިވާތީއެވެ. އަދި އަދި އެކިއެކި ސަބަބުތަކާހުރެ ބައެއް މެންބަރުން ނަން އަނބުރާ ގެންދިއުމުގެ ސަބަބުން އެއް މެންބަރަށް އަދަދު މަދުވެފައިވާތީއެވެ.
އެހެންވެ ކޯލިޝަނުން ނިންމީ ޕްރައިމަރީއަކާ ނުލައި އެ ފަރާތްތަކަށް ޓިކެޓް ދިނުމަށެވެ.
ޓިކެޓް ކަށަވަރުވި ބޭފުޅުންގެ ތެރޭގައި ފޮނަދޫ ދާއިރާއަށް ވާދަކުރައްވާ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސްގެ ޚާއްސަ މުޝީރު ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ބާރަށު ދާއިރާއަށް ވާދަކުރައްވާ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއުއާއި އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި މަހިބަދޫ ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް ހިމެނިވަޑައިގަންނަވައެވެ.

ޓިކެޓް ކަށަވަރުވި އިތުރު ބޭފުޅުން:

  • ހޯރަފުށީ ދާއިރާއަށް ވާދަކުރައްވާ ޢަލީ މޫސާ
  • ހަނިމާދޫ ދާއިރާއަށް ވާދަކުރައްވާ އިދުރީސް ޢަބްދުﷲ
  • ނިލަންދޫ ދާއިރާއަށް ވާދަކުރައްވާ ފާޠިމަތު ސަޢުދާ
  • ތިމަރަފުށީ ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް ސަނާޙް
  • ހިތަދޫ މެދު ދާއިރާއަށް ވާދަކުރައްވާ އަޙްމަދު އަޒާން މަރްޒޫޤް
  • ހުޅުދޫ ދާއިރާއަށް ވާދަކުރައްވާ މުޙައްމަދު ޝާހިދު
  • ގަލޮޅު ދެކުނު ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް މުޙައްމަދު (އިބުޓީ)
  • ހެންވޭރު ހުޅަނގު ދާއިރާއަށް ވާދަކުރައްވާ ޢަލީ އިބްރާހިމް
  • ހުޅުމާލެ މެދު ދާއިރާއަށް ވާދަކުރައްވާ ޢަބްދުﷲ ޝަޛީމް
ޕްރައިމަރީ ބާއްވަން ކުރިން ދެ ތާރީޚެއް އިއުލާނުކުރުމަށްފަހު ބައެއް ސަބަބުތަކާހުރެ ކޮންގްރެސް ކޯލިޝަނުން މިހާރު ނިންމާފައިވަނީ މި މަހުގެ 27 ގައި ބޭއްވުމަށެވެ.
މި ޕްރައިމަރީގައި, މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ބައެއް ދާއިރާތައް ތަމްސީލު ކުރައްވާފައިވާ ބޭފުޅުންނާއި ތަފާތު އެކި ދާއިރާތަކުގައި މަސައްކަތް ކުރައްވައި އެކި ރޮނގު ރޮނގުން ގައުމަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުން ވާދަކުރައްވައެވެ.
މި ލިއުމާއި ގުޅޭ