Tuesday 16th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ ރާއްޖެ ގުޅުން

ޗައިނާއާއެކު ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާކުރަން މަޝްވަރާކޮށްފި

ޗައިނާއާއެކު ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާ ކުރުމާ ގުޅޭޣޮތުން، އެ ގައުމުގެ ކޮމިއުނިސްޓު ޕާޓީގެ އިންޓަނޭޝަަނަލް ޑިޕާޓްމެންޓުގެ ވައިސް މިނިސްޓަރު ސަން ހައިޔާންއާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރު މަޝްވަރާ ކުރައްވައިފި އެވެ.
މިނިސްޓަރު ޒަމީރުގެ ދައުވަތަކަށް ސަން ހައިޔާން ރާއްޖެއަށް ކުރަވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ދެބޭފުޅުން މިއަދު ހެނދުނު ވަނީ ބައްދަލުކުރައްވާފަ އެވެ.
މިނިސްޓަރު ޒަމީރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޗައިނާއާއި ރާއްޖެއާ ދެމެދު ޑިޕްލޮމެޓިކް ގުޅުން އިތުރަށް ހަރުދަނާ ކުރުމާއި، ދެ ގައުމު ގުޅިގެން ކުރިއެރުން ހޯދިދާނެ ގޮތްތަކާ ގުޅޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށެވެ.
މިނިސްޓަރު ޒަމީރުގެ ދައުވަތަށް، ޗައިނާގެ ވެރިކަންކުރާ ޕާޓީއަށް ނިސްބަތްވާ ސަން ހައިޔާން ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންނެވީ މިދިޔަ އާދިއްތަ ދުވަހު އެވެ. އެ ދަތުރުފުޅުގެ ތެރެއިން އޭނާ އިއްޔެ ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމާ ވެސް ބައްދަލުކުރައްވާފަ އެވެ.
ރައީސާއެކު ބޭއްވި ބައްދަލުވުމުގައި ވެސް ރާއްޖެއާ ޗައިނާއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަކުރުމަށްޓަކައި މަޝްވަރާ ކުރައްވާފައިވެ އެވެ. އެގޮތުން ރައީސް މުއިއްޒުއާއި ސަރުކާރުގެ އިސްވެރިން ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ވެވުނު އެއްބަސްވުންތައް ތަންފީޒުކުރުން އަވަސްކުރުމަށް ވެސް މަޝްވަރާކުރެއްވި އެވެ.
މި ލިއުމާއި ގުޅޭ