Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހުޅުމާލެ

އިސްލާމީ ތައުލީމު ދިނުމަށް ޚާއްޞަ ސުކޫލެއް ހުޅުމާލޭގައި އަޅަން ހަވާލުކޮށްފި

ހުޅުމާލޭގައި އިސްލާމީ ތައުލީމު ދިނުމަށް ޚާއްޞަ ސުކޫލެއް ޤާއިމުކުރުމަށް އަލް-މަދީނާ އިންވެސްޓުމެންޓު ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް އެކުންފުންޏާ ހަވާލުކުރީ ހުޅުމާލޭގެ ތަރައްޤީގެ ކަންކަން ބަލަހައްޓާ ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުންނެވެ. މިއަދު އޮތް ރަސްމިއްޔާތުގައި އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓާ ފަޒުލް ރަޝީދެވެ.

އަލްމަދީނާ އިންވެސްޓުމެންޓުގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިސްލާމިކް މިނިސްޓްރީގެ ނައިބު އަލީ އަހުސަނެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި އިސްލާމީ ތައުލީމުދޭ ސުކޫލެއް ޤާއިމުކުރުމާއެކު، އެ ސުކޫލާ ގުޅިގެންދާ ގޮތަށް ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ރެޑްވޭވް ކުރިމަތީ ހުންނަ ވަގުތީ މިސްކިތް ތަރައްޤީކުރަން ހަވާލުކޮށްފައިވެއެވެ.

މި ސުކޫލުގައި ކުރިއަށް އޮތް 2 އަހަރު ތެރޭ ޕްރީ ސުކޫލު ދަރިވަރުންނަށް ކިޔަވައިދޭން ފަށާނެއެވެ. އަދި އެއަށްފަހު ގުރޭޑު 1 އިން ފެށިގެން 10 އާ ހަމައަށް އެ ސުކޫލުގައި ކިޔަވަދެވޭ ފެންވަރަށް ތަރައްޤީކުރާނެއެވެ.

އެޗްޑީސީން ބުނި ގޮތުގައި މި ސުކޫލަކީ ދަރިވަރުންނަށް ރަނގަޅު ފެންވަރުގެ އިސްލާމީ ތައުލީމު އުނގެނެވޭނެ ސުކޫލެއް ޤާއިމުކުރުމެވެ. އަދި މި ސުކޫލުގައި ފުދުންތެރިކަން ދަށް ކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ހިލޭ ކިޔެވޭނެ ކަމުގައި އެ ކުންފުނިން ބުނެއެވެ.

މި ލިއުމާއި ގުޅޭ