Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ

އިސްލާމީ ދާއިރާގެ ވައުދުތައް ފުއްދުމަށް ކަނޑަޅާ އެކްޝަން ޕްލޭން އަންނަ ހަފުތާގައި ލޯންޗުކުރަނީ

މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ދާއިރާގެ ވައުދުތައް ފުއްދުމަށް ކަނޑަޅާ އެކްޝަން ޕްލޭން އަންނަ ހަފުތާގައި ލޯންޗުކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޑރ.ޝަހީމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ދާއިރާގެ ވައުދުތައް ފުއްދުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން 2024 ވަނަ އަހަރަށް ކަނޑަޅާ އެކްޝަން ޕްލޭން ރޭ ތަޞްދީޤުކޮށްފައިވާ ކަމަށެވެ.
‏މި ޕްލޭން ތައްޔާރުކުރުމަށްޓަކައި މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާއި ސެކްޝަންތަކުގެ ވެރިން ކުރެއްވި މަސައްކަތްެތައް ފާހަގަކުރައްވައި މިނިސްޓަރު ވަނީ ނިހާޔަތަށް ޝުކުރު އަދާކުރައްވައިފައެވެ.
''އިންޝާ ﷲ މި ޕްލޭން އަންނަ ހަފްތާގައި ލޯންޗް ކުރެވިގެންދާނެ. އަދި މިނިސްޓްރީގެ ވެބްސައިޓްގައި އާންމުކޮށް ޝާއިއުކުރެވޭނެ.'' މިނިސްޓަރު ވިދާޅުވިއެވެ.
މި ޕްލޭން އަންނަ ހަފްތާގައި ލޯންޗް ކުރެވިގެންދާއިރު ޖެނުއަރީ 25 ގައި އިސްލާމިކް ޓީވީ ޗެނަލް ލޯންޗުކުރަން ވަނީ ހަމަޖެހިފައެވެ.
މިނިސްޓްރީއިން މި މަހު ތެރޭގައި ވަނީ ޒަކާތު ހައުސްއާއި އިސްލާމީ ދައުވަތުގެ 2024 ވަނަ އަހަރުގެ ޕްލޭން ލޯންޗްކޮށް އަތޮޅު ވަގުފު މަޝްރޫއު އިއުލާނުކޮށް އަދި ހައްޖާއި އުމްރާގެ ޚިދުމަތުގެ އެއްބަސްވުމުގައި ސަޢޫދީއާއެކު ސޮއިކޮށްފައެވެ.
މި ލިއުމާއި ގުޅޭ