Friday 21st Jun 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިލެކްޝަންސް ކޮމިޝަން

6 ޕާޓީއަކަށް ބަޖެޓުން 44 މިލިއަން ރުފިޔާ ދޫކުރަނީ

ރާއްޖޭގައި ހިންގާ 6 ސިޔާސީ ޕާޓީއަކަށް ދައުލަތުގެ ބަޖެޓުން 44 މިލިއަން ރުފިޔާ ދޫކުރަން ނިންމައިފިއެވެ.

ސަރުކާރުގެ ބަޖެޓުން ފައިސާ ދޭން ނިންމާފައިވަނީ، އިލެކްޝަންސް ކޮމިޝަނުގައި ރަޖިސްޓްރީކޮށްގެން ހިންގާ ސިޔާސީ ޕާޓީތަކުގެ ތެރެއިން، މިއަހަރުގެ ބަޖެޓު ފާސްކުރި ދުވަހުގެ ނިޔަލަށް 10،000 މެންބަރުން ހަމަވެފައިހުރި ޕާޓީތަކަށެވެ.

އެގޮތުން، ސިޔާސީ ޕާޓީތަކަށް މިއަހަރު ބެހުމަށް ހަމަޖެހިފައިވާ ޖުމްލަ އަދަދެއްކަމަށް އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އަދަދަކީ، 44،099،905 ރުފިޔާއެވެ.

6 ޕާޓީއަށް ލިބޭ ޖުމްލަ އަދަދު

  • ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) - 15،101،580.43 ރުފިޔާ
  • ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) - 10،491،054.20 ރުފިޔާ
  • ޖުމްހޫރީ ޕާޓީ (ޖޭޕީ) - 5،314،312.83 ރުފިޔާ
  • ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) - 8،072،689.58 ރުފިޔާ
  • އަދާލަތު ޕާޓީ (އޭޕީ) - 2،547،533.69 ރުފިޔާ
  • މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) - 4،477،734.28 ރުފިޔާ

މިއަހަރު ޕާޓީތަކަށް ދޫކުރަން ކަނޑައަޅާފައިވާ ފައިސާގެ އަދަދުން ބޮލަކަށް ޖެހޭ މިންވަރަކީ 289.62 ރުފިޔާއެވެ. ނަމަވެސް އެ އަދަދުން ޕާޓީއަކަށް ޖެހޭ މިންވަރު ދޫކުރާނީ ޖޫރިމަނާއެއް ވާނަމަ އެ ޖޫރިމަނާގެ ފައިސާއަށް ކެނޑުމަށްފަހު ބާކީ އިންނަ މިންވަރެކެވެ.

އެގޮތުން ޕީއެންސީއަށް ދިނުމަށް ކަނޑައެޅި 8.1 މިލިއަން ރުފިޔާގެ ތެރެއިން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހި ނުދައްކައިހުރި 95،000 ރުފިޔާވަނީ އުނިކޮށްފައެވެ. އިތުރު ޕާޓީއަކުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެއް ނުދައްކައި ހުރިކަމަށް އިލެކްޝަންސްއިން އާންމުކުރި ހިސާބުތަކުގައި ނެތެވެ.

މި ލިއުމާއި ގުޅޭ