Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސްރީލަންކާ

ސްރީލަންކާގައި ސިޔާސީ ޕާޓީއެއްގެ ލީޑަރަކު މަރާލައިފި

އަވަށްޓެރި ސްރީލަންކާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ "އަވަރ ޕީޕަލްސް ޕާޓީ"ގެ ލީޑަރު ސަމަން ޕެރޭރާ ބަޑީގެ ހަމަލާއެއްގައި މަރާލައިފިއެވެ.

ސްރީލަންކާގެ ދެކުނުގެ އަވަށެއްކަމަށްވާ ބެލިއައްޓާގައި އިއްޔެ ހެނދުނު 5 މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައިވާ ކަމަށާއި އެ 5 މީހުންގެ ތެރޭގައި ސިޔާސީ ލީޑަރު އަދި ވިޔަފާރިވެރިޔާ ސަމަން ޕެރޭރާ ހިމެނޭކަން ސްރީލަންކާގެ ފުލުހުންވަނީ ޔަޤީންކޮށްދީފައެވެ.

ނޫސްތަކަށް މަޢުލޫމާތުދެމުން ސްރީލަންކާގެ ފުލުހުންގެ ތަރުޖަމާނު ނިހާލް ބުނެފައިވަނީ ސަމަން ޕެރޭރާއާއި އިތުރު ބަޔަކު ދުއްވާފައި އައި ކާރަށް ބަޔަކު ހަމަލާދިނީ ހެނދުނުގެ ނާސްތާކުރުމަށް މަޑުކޮށްލައިގެން ތިބި ވަގުތެއްގައި ކަމަށާއި ހަމަލާދިން ވަގުތު 4 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި 5 ވަނަ މީހާ މަރުވީ ހަމަލާތަކުގައި ވެފައި ހުރި ޒަޚަމްތަކަށް ފަރުވާދެމުން ދަނިކޮށް ކަމަށެވެ.

ސަމަން ޕެރޭރާގެ ޕާޓީއިން ވަނީ އެންމެފަހުން ސްރީލަންކާގައި ބޭއްވުނު މަޖިލިސް އިންތިޚާބުގައި އެއްގޮނޑި ކާމިޔާބުކޮށްފައެވެ. މަޖިލީހުގެ މި ގޮނޑިއަށް ޕާޓީއިން ނޮމިނޭޓްކުރާނެ ފަރާތެއްގެ މައްސަލާގައި ޕާޓީ ދެބައިވަމުންދަނިކޮށް ސަމަން ޕެރޭރާވަނީ ޕާޓީގެ ނޮމިނޭޝަން އަކީ އޭނާކަމަށް އިޢުލާންކުރައްވާފައެވެ.

މި ލިއުމާއި ގުޅޭ