Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ރެއާލުން ފަހަތުން އަރައި އަލްމީރިއާ ބަލިކޮށްފި، ޖިރޯނާ ދުލެއް ނުދޭ

ސްޕެނިޝް ލީގުގައި ރޭ ދެ ގޯލު ފަހަތުގައި އޮވެ ރެއާލް މެޑްރިޑް ފަހަތުން އަރައި 2-3 އިން އަލްމީރިއާ ބަލިކޮށްފި އެވެ.

ލީގުގައި މިހާތަނަށް ލިބުނު ހަ ޕޮއިންޓާ އެކު ރެއާލްއާ ދެކޮޅަށް ނުކުމެ އަލްމީރިއާ އިން ފުރަތަމަ ހާފުގައި ދެ ގޯލު ޖެހި އެވެ.


ނަތީޖާ އަނބުރާލަން ރެއާލުން ގިނަ މަސައްކަތްތަކެއް ކޮށް ކާމިޔާބުވީ ދެ ވަނަ ހާފުގެ ފަހުކޮޅު އެވެ. ރެއާލްގެ ފުރަތަމަ ގޯލު 57 ވަނަ މިނެޓުގައި ޖެހީ ލިބުނު ޕެނަލްޓީއަކުން ޖޫޑް ބެލިންހަމް އެވެ. ރެއާލުން ނަތީޖާ ހަމަހަމަކުރީ 67 ވަނަ މިނެޓުގައި ވިނީޝިއުސް ޖޫނިއާ އެވެ. ރެއާލް މޮޅުވީ އިތުރު ވަގުތުގެ ނުވަ ވަނަ މިނެޓުގައި ޑެނީ ކަވަހަލް ޖެހި ގޯލުންނެވެ.
މެޗުގައި ޖިރޯނާގެ ޔޫކްރޭން ފޯވާޑް، އަރްތެމް ޑޮބްވިކް ވަނީ ހެޓްރިކެއް ހަދައިފަ އެވެ. އޭނާ ހެޓްރިކް ހެދީ އެންމެ ހަ މިނެޓުންނެވެ.
ރޭ ބާސެލޯނާ ވެސް ވަނީ މޮޅުވެފަ އެވެ. ރަށުން ބޭރުގައި ރެއާލް ބެޓިސްއާ ވާދަކޮށް ބާސެލޯނާ މޮޅުވީ 4-2 އިންނެވެ. އޮސަސޫނާ އަމިއްލަ ދަނޑުގައި ގެޓާފޭ އަތުން މޮޅުވީ 2-3 އިންނެވެ.
ސްޕެނިޝް ލީގުގެ އެއް ވަނައިގައި އަދިވެސް އޮތީ ޖިރޯނާ އެވެ. އެޓީމަށް 21 މެޗުން 52 ޕޮއިންޓް ލިބިފައިވާއިރު ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑަށް 20 މެޗުން ލިބިފައިވަނީ 51 ޕޮއިންޓެވެ.
ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 20 މެޗުން ލިބިފައިވަނީ 44 ޕޮއިންޓެވެ.
މި ލިއުމާއި ގުޅޭ