Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އެމްބާޕޭގެ އެހީގައި ޕީއެސްޖީ ފްރެންޗް ކަޕްގެ އަނެއް ބުރަށް

ކިލިއަން އެމްބޭޕޭ ދެއްކި މޮޅު ކުޅުމާ އެކު ގަދަ 32 ގެ ބުރުގައި ފްރާންސްގެ ކްލަބް އޯލީންސް ބަލިކޮށް ޕީއެސްޖީ މުބާރާތުގެ ގަދަ 16 އިން ފުރުސަތު ހޯދައިފި އެވެ.

ރަށުން ބޭރުގައި ކުޅުނު މެޗު ޕީއެސްޖީ ކާމިޔާބުކުރީ 4-1 އިންނެވެ.

އެމްބާޕޭ މެޗުގައި ގޯލު ޖެހީ 16 ވަނަ މިނެޓާއި 63 ވަަނަ މިނެޓުގަ އެވެ. ފަހު ގޯލު އެމްބާޕޭ ޖެހީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ.

ޕީއެސްޖީގެ ފަހު ދެ ގޯލު ޖެހީ އެމްބާޕޭގެ އެހީގަ އެވެ. މެޗުގެ 72 ވަނަ މިނެޓުގައި ތިން ވަނަ ގޯލު ގޮންޒާލޯ ރާމޯސް ޖެހިއިރު ފަހު ގޯލު 88 ވަނަ މިނެޓުގައި ޖެހީ ސެނީ މަޔޫލޫ އެވެ.

މި ސީޒަނަށް ފަހު ޕީއެސްޖީ ދޫކޮށްލާނެކަމަށް ބެލެވޭ އެމްބާޕޭ ވަނީ އެޓީމަށް މި ސީޒަނުގައި ކުޅުނު 26 މެޗުގައި 28 ގޯލު ޖަހައިފަ އެވެ.

ފްރެންޗް ކަޕްގެ ގަދަ 16 އިން ފުރުސަތު ހޯދި އެހެން ޓީމުތަކަށް ބަލާއިރު ބޯޑޯ އާއި މޮނާކޯ އަދި ބްރިސްޓް ހިމެނެ އެވެ،
މި ލިއުމާއި ގުޅޭ