Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ޕެލެސް ބަލިކޮށް އާސެނަލް އަށް ހިތްހަމެޖެހުމެއް

އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ކްރިސްޓަލް ޕެލެސް 0-5 އިން ބަލިކޮށް އާސެނަލް އިން ލީގަށް ވާދަކުރުމުގައި އުއްމީދެއް ހޯދައިފި އެވެ.

އަމިއްލަ ދަނޑުގައި ހޯދި ބޮޑު މޮޅާ އެކު އާސެނަލް މިހާރު ވަނީ ތިން ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އެއް ވަނައިގައި އޮތީ 45 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް އެވެ.

ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިން ވަނައިގައި އޮތް އާސެނަލް އަދި ހަތަރު ވަނައިގައި އޮތް އެސްޓަން ވިލާ ވަނީ 43 ޕޮއިންޓް ހޯދާފަ އެވެ. އެކަމަކު ސިޓީ އެ މަގާމްގައި އޮތީ އާސެނަލް އާއި އެސްޓަން ވިލާ އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ހާފު އާސެނަލް ނިންމާލީ ދެ ގޯލު ކުރީގައި އޮވެގެންނެވެ. ފުރަތަމަ ގޯލަކީ އާސެނަލްގެ ޑިފެންޑަރު ގެބްރިއަލް މަގާޅެސް ޖެހި ގޯލެކެވެ. ގެބްރިއަލް ބޮލުން ޖެހި ބޯޅައަކުން ދެ ވަނަ ގޯލު ވަނީ ޕެލެސްގެ ގޯލްކީޕަރު ޑީން ހެންޑަސަން އަތުން ބައިކޮޅަށެވެ.
ދެ ވަނަ ހާފުގައި އާސެނަލްގެ ގޯލުތައް ކާމިޔާބުކޮށްދިނީ ލިއަންޑްރޯ ޓްރޮސާޑް އާއި ގެބްރިއަލް މާޓިނެލީ އެވެ. ބެންޗުން ކުޅެން އަރައި މާޓިނެލީ ދެ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގަ އެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ލީގުގައި އާސެނަލް ކުޅުނު ފަސް މެޗުގެ ތެރެއިން ހަމައެކަނި މޮޅުވެވުނީ ބްރައިޓަން އަތުންނެވެ. އެސްޓަން ވިލާ އާއި ވެސްޓް ހޭމް އަދި ފުލަމް އަތުން އެޓީމު ވަނީ ބަލިވެފަ އެވެ. އެހެންވެ އިއްޔެގެ މެޗަށް ނުކުތްއިރު މޮޅަކާ އެކު އިތުބާރު ގާއިމްކުރަން އެޓީމަށް އޮތީ މުހިއްމުވެފަ އެވެ.
ލީގުގައި މިއަދު ދެ މެޗު ކުޅޭނެ އެވެ. މިރޭ ހަތެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޝެފީލްޑް ޔުނައިޓެޑާއި ވެސްޓް ހޭމް ޔުނައިޓެޑެވެ. އޭގެފަހުން ރޭގަނޑު 9:30 ގައި ކުޅޭ މެޗުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނާނީ ބޯންމައުތެވެ.
މި ލިއުމާއި ގުޅޭ