Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އުތުރު ކޮރެއާ

އުތުރު ކޮރެއާގެ އަނިޔާވެރިކަމަށް ފިލަން ދެކުނު ކޮރެއާއަށް ވަގަށް ދާ މީހުން ވަރަށް ބޮޑަށް އިތުރުވެއްޖެ

އުތުރު ކޮރެއާގެ އަނިޔާވެރިކަމަށް ފިލަން އަމިއްލަ ގައުމު ދޫކޮށް ވަގަށް ދެކުނު ކޮރެއާ އަށް ވަންނަ މީހުން ވަރަށް ބޮޑަށް އިތުރު ވެއްޖެކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

އުތުރު ކޮރެއާ ދޫކޮށް ދެކުނު ކޮރެއާއަށް ވަގަށް އެތެރެވާ މީހުން 2022 ވަނަ އަހަރާއި އަޅާ ބަލާ އިރު 2023 ވަނަ އަހަރު ބޮޑުތަނުން އިތުރުވެފައިވާއިރު، އެމީހުން ބުނަނީ ދެކުނު ކޮރެއާއަށް ދަނީ ރަނގަޅު ދިރިއުޅުމެއްގެ އުއްމީދުގައި ކަމަށެވެ.

އުތުރު ކޮރެއާގެ ސަރުކާރުގެ އަނިޔާވެރިކަމުން ސަލާމަތްވުމަށާއި އާއިލާ އަށް ހެޔޮ ދިރިއުޅުމެއް ހޯދައި ދިނުމުގެ ނިޔަތުގައި އެތައް ބަޔަކު އުތުރު ކޮރެއާ ދޫކޮށް ދެކުނު ކޮރެއާ އަށް ދާން ކޮންމެ އަހަރަކު ވެސް މަސައްކަތް ކުރެއެވެ. ނަމަވެސް އުތުރު ކޮރެއާގެ ހަރުކަށި ސަރުކާރުން ދެ ކޮރެއާ ގުޅޭ ސަރަހައްދީ އިން ކައިރީގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށް ގިނަ ސިފައިން ބޭނުން ކޮށްގެން ފޯރިމަރަމުންދާތީ ދެކުނު ކޮރެއާ އަށް އެތެރެވުމުގައި ކާމިޔާބުވަނީ މަދު ބަޔެކެވެ.

ދެކުނު ކޮރެއާ އަކީ އުތުރު ކޮރެއާ އަށް ވުރެ އިގްތިސޯދު ރަނގަޅުވެފައި ދިރިއުޅުމުގެ ފެންވަރު ވެސް މަތި ގައުމެއް ކަމުން އެ ގައުމުގައި ވިޔަފާރީގެ ފުރުސަތު ތަކާއި ވަޒީފާގެ ފުރުސަތުތައް ވެސް އުތުރު ކޮރެއާ އާއި އަޅާކިޔާ އިރު މާބޮޑަށްވަނީ އިތުރު ވެފައެވެ.

ކޮވިޑް 19 ގެ އާލަމީ ވަބާ މުޅި ދުނިޔެއަށް ފެތެރެންފެށުމާއި އެކު ދެކުނު ކޮރެއާ އިން ވެސް ދެ ކޮރެއާ ބޯޑަރު ހުރަސްކޮށް މީހުން އެތެރެވުން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިއެވެ. ނަމަވެސް އެ ފިޔަވަޅުތައް ދެކުނު ކޮރެއާއިން ވަނީ މިދިޔަ އަހަރު އެއްކޮށް އުވާލާފައެވެ. އޭގެ ސަބަބުން 2022 ވަނައަހަރު އެތެރެވި މީހުންނަށްވުރެ ތިން ގުނަ އިތުރު މީހުން 2023 ވަނަ އަހަރު ވަނީ ދެކުނު ކޮރެއާ އަށް އެތެރެ ވެފައެވެ.

މިދިޔަ 2023 ވަނަ އަހަރު އުތުރު ކޮރެއާ ދޫކޮށް 196 މީހަކު ކާމިޔާބު ކަމާއި އެކީ ދެކުނު ކޮރެއާ އަށް އެތެރެވެފައި ވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ލިއުމާއި ގުޅޭ