Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ސްޕެނިޝް ކަޕްގައި އެތުލެޓިކޯ އިން ރެއާލް މެޑްރިޑް ކަޓުވާލައިފި

ސްޕެނިޝް ކަޕްގައި ރޭ އެތުލެޓިކޯ މެޑްރިޑުން ވާދަވެރި ރެއާލް މެޑްރިޑް ކަޓުވާލައިފި އެވެ.

މުބާރާތުގެ ގަދަ 16 އިން ރެއާލް ކެޓީ އެތުލެޓިކޯ އަތުން 2-4 އިން ބަލިވުމުންނެވެ.

ރޭގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 2-2 އިން ދެޓީމު އެއްވަރުވެގެންނެވެ. އެތުލެޓިކޯ މޮޅުވީ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގައި ޖެހި ގޯލުތަކުންނެވެ. އިތުރު ވަގުތުގައި އެތުލެޓިކޯ ލީޑު ނެގީ އޮންޓުއަން ގްރީޒްމަން ޖެހި ގޯލުންނެވެ.

ރެއާލް ވަނީ މިދިޔަ ހަފްތާ ސައުދީ އަރަބިއާގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕްގައި 3-5 އިން އެތުލެޓިކޯ ބަލިކޮށްފަ އެވެ. ސްޕެނިޝް ސުޕަ ކަޕްގެ ޗެމްޕިއަންކަން ރެއާލް ހޯދީ ފައިނަލުގައި ބާސެލޯނާ ބަލިކޮށްގެންނެވެ.

މުބާރާތުގައި ރޭ ބާސެލޯނާ ވަނީ ޔޫނިއަނިސްޓާސްއާ 3-1 އިން ބަލިކޮށްފަ އެވެ.

ސްޕެނިޝް ލީގުގެ އެންމެ ކުރީގައި އުޅޭ ޖިރޯނާ ރޭ ވަނީ ރަޔޯ ވަޔެކާނޯ 1-3 އިން ބަލިކޮށް ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ސެވިއްޔާ ވެސް ހަމަ އެ ނަތީޖާއިން ވަނީ ގެޓާފޭ ބަލިކޮށްފަ އެވެ.

ކުއާޓާ ފައިނަލުން ދެ ފުރުސަތު ހޯދީ އެތުލެޓިކް ބިލްބާއޯ އާއި މަޔޯކާގެ އިތުރުން ސެލްޓަ ވީގޯ އަދި ރެއާލް ސޮސިއެޑާޑް އެވެ.

ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލް ގުރު ނެގުން އޮންނާނީ މިއަދު އެވެ.

މި ލިއުމާއި ގުޅޭ