Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފަތުރުވެރިކަން

ފަތުރުވެރިކަމުގެ ސިނާއަތުގައި އަންހެނުންގެ ޝާމިލުވުން އިތުރުކުރަން މެންޓާޝިޕް ޕްރޮގުރާމެއް އިފުތިތާހުކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އަންހެނުން އިތުރު ކުރުމުގެ ގޮތުން "ފަހި ފަތުރުވެރިކަމަށް އަންހެނުން" ގެ ނަމުގައި އަންހެނުންނަށް ޚާއްސަ މެންޓަރޝިޕް ޕްރޮގްރާމެއް އިފްތިތާޙްކުރައްވައިފިއެވެ.

ރައީސްުލްޖުޔުމްހޫރިއްޔާ ޑރ, މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަފްތާ 14ގެ ތެރޭގައި ހިމެނޭ މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އިބްރާހިމް ފައިސަލްއާއި މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއެވެ.

އަހަރަކު ދެފަހަރަށް, ތިން މަރުހަލާއެއްގެ މައްޗަށް ބެހިގެން ހިންގޭ މިޕްރޮގްރާމްގެ އެންމެ މުހިއްމު އެއް މަޤްސަދަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ ތެރެއިން ޤައުމުގެ އިގްތިސާދު ކުރިއެރުވުމުގައި ހިއްސާވާ ބާރުވެރި އަންހެނުންގެ ނެޓްވޯކެއް އުފެއްދުމެވެ. ސެޓްފިކެޓް, ޑިޕްލޮމާ އަދި ޑިގްރީ ފުރިހަމަކޮށްފައިވާ އަންހެން ދަރިވަރުންނަށް ޚާއްސަ ކުރެވޭ މި ޕްރޮގްރާމްގައި މެންޓަރުންގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރު ފަރާތްތަކެއް ކަނޑައެޅިގެންދާނެއެވެ.

މި ޕްރޮގްރާމް ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް އަހުލުވެރިކުރުވުމާއި ހޭލުންތެރިކަން އިތުރުކޮށް މިދާއިރާއަށް ނުކުތުމަށް މަގު ކޮށައިދިނުމަށްފަހު, ދާއިރާގެ ތަޖުރިބާކާރު މެންޓަރުންގެ އެހީގައި ވަޒީފާގެ މާހައުލަށް ބައިވެރިން ތައްޔާރުކޮށްދިނުމުގެ އިތުރުން މެންޓަރޝިޕް ޕްރޮގްރާމް ނިންމާ ކުދިންގެ ފަރާތުން އިތުރު ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީން ލިބޭނެފަދަ ގޮތަކަށެވެ.

އަންހެނުންނަށް ޚާއްސަކޮށްގެން ހިންގޭ މި ޕްރޮގްރާމްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތުގައި އަންހެނުންނަށް ދިމާވާ އެތައް މައްސަލަތަކަކާއި ގޮންޖެހުންތަކަކަށް އެކަށީގެންވާ ހައްލުތަކެއް ލިބިގެންދާނެއެވެ.

މި ޕްރޮގްރާމާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން ފަތުރުވެރިކަމާބެހޭ މިނިސްޓަރ ވިދާޅުވީ "ފަހި ފަތުރުވެރިކަމަށް އަންހެނުން" ޕްރޮގްރާމަކީ ފަތުރުވެރިކަމުގެ ސިނާއަތުގެ އެކި ދާއިރާތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ވަށާޖެހޭ ގޮތެއްގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި ދާއިރާއިން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ދެމެހެއްޓެނިވިގޮތެއްގައި ހާސިލްކުރެވިގެންދާނެ ދުރު ރާސްތާ ޕްލޭނެއްގެ ދަށުން ފަރުމާކުރެވިފައިވާ ޕްރޮގްރާމެއް ކަމުގައި މިނިސްޓަރ ސިފަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ