Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއޭސީއެލް

ވީއައިއޭގެ އާ ޕަސެންޖާ ޓާމިނަލް މި އަހަރުގެ ފަހުކޮޅު ބޭނުންކުރަން ފެށޭނެ: އެމްއޭސީއެލް

ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޕަސެންޖާ ޓާމިނަލް މި އަހަރުގެ ފަހުކޮޅު ބޭނުންކުރަންފެށޭ ވަރު ވާނެ ކަމަށް އެ އެއާޕޯޓު ހިންގާ، އެމްއޭސީއެލްގެ އެމްޑީ އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެ އެވެ.
'ސަންގު ޓީވީން' ރޭ ގެނެސްދިން ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ މިހާރު ވީއައިއޭގައި ކުރިއަށްދާ އެންމެ ބޮޑު މަޝްރޫއަކީ އާ ޕަސެންޖާ ޓާމިނަލް އޮޕަރޭޝަނަލް ކުރުން ކަމަށެވެ. އެގޮތުން، ވީ އެންމެ އަވަހަކަށް އެތަން އޮޕަރޭޝަނަލައިޒް ކުރުމަށް ރައީސް ލަފާ ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއު މިހާރުވެސް ކުރިއަށްދާއިރު، އެ މަޝްރޫއުފެ ދަށުން ވީއައިއޭގައި ތަރައްގީކުރާ ޓާމިނަލްގެ ކެޕޭސިޓީއަކީ ހަތް މިލިއަން ފަސިންޖަރުންނެވެ.
އެކަމަކު، ވެލާނާ އެއާޕޯޓުގެ ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ދަށުން، 25 މިލިއަން ފަސިންޖަރުންގެ ކެޕޭސިޓީ ހިމެނޭ ޓާމިނަލެއް ގާއިމްކުރުމުގެ މަޝްރޫއެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މި މަހު 4 ވަނަ ދުވަހު ވަނީ އިފްތިތާހުކޮށްފަ އެވެ.
"އަޅުގަނޑުމެން މި އަމާޒުކުރަނީ މި އަހަރުގެ ފަހުކޮޅަށް. އިރާދަކުރެއްވިއްޔާ ރައީސް މުއިއްޒު ވިދާޅުވި ފަދައިން، އެއާޕޯޓުގެ ޓާމިނަލްގެ ބޮޑުބައެއް ނަމަވެސް މި އަހަރު ފަހުކޮޅު އޮޕަރޭޝަނަލައިޒް ކުރެވޭނެ،" ޝަރީފް ވިދާޅުވި އެވެ.
"25 މިލިއަން ޕަސިންޖަރުންނަށް ހިދުމަތް ދެވޭ ގޮތަށް އެކި ބައިބަޔަށް މިހާރު އާ ޕަސިންޖާ ޓާމިނަލް މި ހުޅުވެނީ. ރައީސްގެ ތަސައްވުރުގައި ހިމެނެނީ ވީއައިއޭ ބޮޑުކުރުމާއެކު މުޅި އެއާޕޯޓުގެ އިކޮނޮމިކް ޒޯން ބޮޑުކުރުން."
ވީއައިއޭގައި ތަރައްގީކުރި އާ ކާގޯ ޓާމިނަލްގެ މަސައްކަތް އެއްކޮށް ނިންމައި، މިދިޔަ ހޯމަ ދުވަހު އެތަން ރަސްމީކޮށް ވަނީ ހުޅުވާފަ އެވެ. އެއީ، އެއްފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭނެ ޖާގަ އޮންނަ ޓާމިނަލެކެވެ.
އެއާއެކު އާ ޕަސެންޖާ ޓާމިނަލް އޮޕަރޭޝަނަލް ކުރުމުގެ އިތުރުން، ދެން ހުރި މަސައްކަތްތަކަކީ ޝަރީފް ވިދާޅުވި ގޮތުގައި، އާ ފިއުލް ފާމްގެ މަސައްކަތާއި، ޕަވާ އަޕްގްރޭޑިން ޕްރޮޖެކްޓު އަދި އާ ފަޔާ ސްޓޭޝަން ނިންމައި އެތަން ހުޅުވުމުގެ މަސައްކަތެވެ.
މި ލިއުމާއި ގުޅޭ