Tuesday 14th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

އެޗްޑީސީގެ ނަމާއި ލޯގޯ އަލުން ބޭނުންކުރަން ރަސްމީކޮށް ފަށައިފި

އާބަންކޯގެ ނަން އަލުން "ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން" (އެޗްޑީސީ) އަށް ބަދަލުކޮށް, ކުންފުނީގެ ލޯގޯއާއި ނަން އަލުން ބޭނުން ކުރަން ފަށައިފިއެވެ.

އެޗްޑީސީގެ ރަސްމީ ސޯޝަލްމީޑިއާ ހެންޑަލްއަކުން ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ކުންފުނީގެ ނަން ބަދަލުކުަން ނިންމީ "އެޗްޑީސީ" އަކީ އެކުންފުންޏަށް ޤާނޫނީ ގޮތުން ކިޔާނަން ކަމަށް ވާތީ އެއްގޮތް ކުރުމަށް ކަމަށެވެ. ރައްކާތެރި, ދެމެހެއްޓެނިވި އަދި ސްމާޓް ސިޓީތައް ޤާއިމްކުރުމުގައި އެޗްޑީސީން ދެމި އޮންނާނެކަމުގައި މިޕޯސްޓުގައި ބުނެފައިވެއެވެ.

2008 ވަނަ އަހަރުން ފެށިގެން އެޗްޑީސީގެ ނަން ބޭނުންކުރަމުން އައިނަމަވެސް, 2023 ވަނައަހަރުގެ އެޗްޑީސީގެ އަހަރީދުވަހު ވަނީ "އެޗްޑީސީ"ގެ ނަން އާބަންކޯއަށް ބަދަލުކޮށް ބްރޭންޑަކަށް ބަދަލުކޮށްފައެވެ. މިލިއަނަަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ކުންފުނީގެ މުވައްޒަފުންގެ ޔުނީފޯމް އަދި ކުންފުނީގެ އުޅަނދުތަކުގެ ޑިޒައިނަށް ބަދަލުގެނެސްގެން "އާބަންކޯ" ބްރޭންޑް އަކަށް ހެދީ ރައްޔިތުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް ފުރިހަމަކޮށް ރާއްޖޭގެ އެންމެ ބޮޑު އާބަން ޑިވެލޮޕްމަންޓް ކުންފުންޏަށް ހެދުމަށްކަމުގައި އާބަންކޯއިން 2023 ގެ އެޕްރީލް 1 ގައި ނެރުނު ބަޔާނުގައި ބުނެފައެވެ.

އެޗްޑީސީގެ ނަން އާބަންކޯއަށް ބަދަލުކުރުމުގައި ސުވާލު އުފެދޭ ކަންކަން ހުރިކަަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒުވެސް ވަނީ ވިދާޅުވެފައެވެ. މިގޮތުން ޤާނޫނީ ގޮތުން ކުންފުނީގެ ނަން ބަދަލުނުކޮށް ހުރުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ޒިންމާ އެޗްޑީސީއިން ނަގައި ފަހިދިރިއުޅުން ކޯޕަރޭޝަންއަށް ބަދަލުކުރުމަކީ ސުވާލު އުފެދޭ ގޮތަށް ކޮށްފައި ހުރި ކަންކަން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ. އަދި އާބަންކޯ ބްރޭންޑަކަށް ބަދަލުކުރުމުގައި ވަކި ބަޔަކަށް ފައިސާތަކެއްދީގެން ބްރޭންޑިންގ މަސައްކަތް ކުރުވާފައިވާކަމަށް ބެލެވޭކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކުރިން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ހިންގަމުން އައި ކުންފުނީގެ ނަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއަށް ބަދަލުކުރީ 2008 ގައި އެމްޑީޕީ ސަރުކާރުންނެވެ. ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އުފެއްދީ 2001 ގައި ހުޅުމާލޭ ފޭސް 1 ގެ މަސައްކަތް ކުރުމަށްޓަކައެވެ.

އޭގެ ފަހުން ހައުސިން ޑިވެލޮޕްމެންޓު ކޯޕަރޭޝަނުގެ ދަށަށް ތިލަފުއްޓާއި ގުޅީފަޅު ގެނެސް އެ ކުންފުނީގެ ދައުރުވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. މި ސަރުކާރުން ހިންގާ އެންމެ ބޮޑު ގެދޮރުވެރިކަމުގެ މަޝްރޫޢުކަމަށްވާ ރަސްމާލޭގެ ބޮޑު މަޝްރޫޢުވެސް ހިންގަނީ އެޗްޑީސީންނެވެ.

މި ލިއުމާއި ގުޅޭ