Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

މަޑަވެލި ހޯޑެއްދޫ ސީޕީއެސްއަށް 22 މިލިއަން ހަރަދުކުރިއިރު ހެދުނީ "ޓިނު ގުދަނެއް"

ގދ. މަޑަވެލި އަދި ހޯޑެއްދޫގެ ސީޕީއެސްގެ މަސައްކަތް އަދި ނިމުމާ ގާތްވެސް ނުވާއިރު އެ މަޝްރޫއަށް ކުރީ ސަރުކާރުގައި ފެނަކައިން 22 މިލިއަން ހަރަދުކުރިކަން ހާމަވެއްޖެ އެވެ.
ފެނަކައިގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދު މިއަދު އެކްސްގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، އެ މަޝްރޫއަށް ކުރީ ސަރުކާރުގައި ފެނަކައިން 22،666،587ރ. ވަނީ ހަރަދުކޮށްފަ އެވެ.
އެއީ، ސްޓާފުންނަށް 13،484،086ރ. އަދި މެޓީރިއަލް އަށް 2،821،089 ގެ އިތުރުން ޕެޓީ ކޭޝް އަށް 423،401ރ. އާ އެކު އެވެ.
ޖުމްލަ 22 މިލިއަން ރުފިޔާ އެ މަޝްރޫއަށް ހަރަދުކުރިއިރު، ފެންނަން ހުރީ ހަމައެކަނި ޓިނުން ހަދާފައި ހުރި ކުޑަކުޑަ ގުދަނެއް ކަހަލަ ތަންކޮޅެކެވެ. ގިނައީ ނުކުރެވޭ މަސައްކަތްތަކެވެ.
އޭގެ އިތުރުން، ގދ. ވާދޫގެ އިންޖީނުގެ އެޅުމަށް 52،559،568ރ. އަދި ހއ. ދިއްދޫގެ އިންޖީނުގެ އެޅުމަށް 49،354،422ރ. ކުރީ ސަރުކާރުގައި ހަރަދުކޮށްފައިވާއިރު އެތަންތަނުގެ މަސައްކަތް ވެސް އަދި ނިމުމާ ގާތްނުވެ އެވެ. އަދި މާކެޓް އަގަށްވުރެ އިތުރަށް އެތަންތަނަށް ހަރަދުކޮށްފައިވާކަން ފާހަގަކުރެވެ އެވެ.
އިންޖީނުގެތަކުގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވާ ވަރާ އަޅާބަލާއިރު އެކަށީގެންވާ ނަތީޖާ ނުފެންނާތީ ގިނަ ބައެއްގެ ފާޑުކިޔުން ކުރީ ސަރުކާރުގެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދަށް ވަނީ އަމާޒުވެފަ އެވެ.
ފެނަކައިގެ އެމްޑީ ކަމުގައި ހުރިއިރު އޭނާގެ މައްޗަށް މީގެ ކުރިންވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައިވެ އެވެ. ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން މި ސަރުކާރު ހަވާލުވިއިރު، މިދިޔަ ފަސް އަހަރުގެ ތެރޭގައި ފެނަކަ އޮތީ 4.1 ބިލިއަން ރުފިޔާއިން ދަރާފަ އެވެ. އެއީ، ލޯނުގެ ގޮތުގައި ނަގާފައިވާ 871 މިލިއަން ރުފިޔާއާއި، ޕޭޔަބަލްސްގެ ގޮތުގައި އެކިއެކި ފަރާތްތަކަށް ދޭންޖެހޭ 3.2 ބިލިއަން ރުފިޔާ އެވެ.
ފެނަކައިން ސަޕްލަޔަރުންނަށް ފައިސާ ނުދީގެން މިދިޔަ ސަރުކާރުގައި އެމީހުން މުޒާހަރާތައް ވެސް ކުރިއިރު، އާ ސަރުކާރު ހަވާލުވިއިރު 8100 ސްޓާފުން އެ ކުންފުންޏަށް ނަގާފައި ތިއްބެވެ.
މި ލިއުމާއި ގުޅޭ