Friday 19th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެނަކަ

52 މިލިއަން ރުފިޔާ ހަރަދުކުރިއިރު ވާދޫގެ އިންޖީނުގޭގެ މަސައްކަތް ނިމުމާ ގާތްވެސް ނުވޭ

ގދ. ވާދޫގެ އާ އިންޖީނުގެ އިމާރާތް ކުރުމަށް މިދިޔަ ސަރުކާރުގައި 52 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ ހަރަދާ އެއްވަރުގެ ނަތީޖާއެއް ފެންނަން ނެތްކަން ހާމަވެއްޖެ އެވެ.
ފެނަކައިގެ އެމްޑީ މުއާޒު މުހައްމަދު ރަޝީދު މިއަދު އެކްސްގައި އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔަ ސަރުކާރުގައި ވާދޫގެ އާ އިންޖީނުގެ އިމާރާތްކުރުމަށް ޖުމްލަ 52،559،568ރ. ވަނީ ހަރަދުކޮށްފަ އެވެ.
އެހާ ބޮޑު ހަރަދެއް ކުއިރު، އެތަން އަދި ނިމުމާ ގާތްވެސް ނުވެ އެވެ. އިންޖީނުގޭގެ އިމާރާތް ސިމެންތި ޖެހުމާއި ހިޔާކުރުން ވެސް އަދި ހުރީ ނުނިމި އެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން އެތަން އިމާރާތްކުރި ސްޓާފުންނަށް ކުރީ ސަރުކާރުން 24،110،566ރ. ހަރަދުކޮށްފައިވާއިރު މެޓީރިއަލް އަށް 12،490،778ރ. ހަރަދުކޮށްފައިވެ އެވެ. އޭގެ އިތުރުން، ޕެޓީ ކޭޝްގެ ގޮތުގައި 1،413،852ރ. ހޭދަކޮށްފައިވެ އެވެ.
ނިމެން ގާތްވެސް ނުވާ ދެ ބުރީގެ އިމާރާތެއް ހެދުމަށް 52 މިލިއަން ރުފިޔާ މިދިޔަ ސަރުކާރުގައި ފެނަކައިން ހަރަދުކުރި އިރު، އެތަނުގެ އަސްލު މާކެޓް އަގަކީ 12،932،623ރ. ކަން ވެސް މުއާޒް ފާހަގަކުރި އެވެ.
ވާދޫގެ އިތުރުން، ހއ. ދިއްދޫގެ އިންޖީނުގެ އެޅުމަށް 49،354،422ރ. އަދި ގދ. މަޑަވެލި އަދި ހޯޑެއްދޫގެ ސީޕީއެސް އަށް ވެސް ކުރީ ސަރުކާރުގައި ފެނަކައިން 22،666،587ރ. ހަރަދުކޮށްފައިވެ އެވެ. އެކަމަކު އެތަންތަނުގެ މަސައްކަތް ވެސް އަދި ނިމުމާ ގާތްނުވެ އެވެ.
އިންޖީނުގެތަކުގެ މަޝްރޫއުތަކަށް ހަރަދުކޮށްފައިވާ ވަރާ އަޅާބަލާއިރު އެކަށީގެންވާ ނަތީޖާ ނުފެންނާތީ ގިނަ ބައެއްގެ ފާޑުކިޔުން ކުރީ ސަރުކާރުގެ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައީދަށް ވަނީ އަމާޒުވެފަ އެވެ.
ފެނަކައިގެ އެމްޑީ ކަމުގައި ހުރިއިރު އޭނާގެ މައްޗަށް މީގެ ކުރިންވެސް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައިވެ އެވެ. ކޮރަޕްޝަންގެ މައްސަލަތަކުގެ އިތުރުން މި ސަރުކާރު ހަވާލުވިއިރު، މިދިޔަ ފަސް އަހަރުގެ ތެރޭގައި ފެނަކަ އޮތީ 4.1 ބިލިއަން ރުފިޔާއިން ދަރާފަ އެވެ. އެއީ، ލޯނުގެ ގޮތުގައި ނަގާފައިވާ 871 މިލިއަން ރުފިޔާއާއި، ޕޭޔަބަލްސްގެ ގޮތުގައި އެކިއެކި ފަރާތްތަކަށް ދޭންޖެހޭ 3.2 ބިލިއަން ރުފިޔާ އެވެ.
ފެނަކައިން ސަޕްލަޔަރުންނަށް ފައިސާ ނުދީގެން މިދިޔަ ސަރުކާރުގައި އެމީހުން މުޒާހަރާތައް ވެސް ކުރިއިރު، އާ ސަރުކާރު ހަވާލުވިއިރު 8100 ސްޓާފުން އެ ކުންފުންޏަށް ނަގާފައި ތިއްބެވެ.
މި ލިއުމާއި ގުޅޭ