Friday 13th Dec 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޞިއްޙީ ވުޒާރާ

އިސްރަށްވެހިންނަށް ހާއްސަ ކްލިނިކެއް، ގޭގައި ތިބެގެން މެމޯ ހެދޭނެ ގޮތް ހަދައިފި

އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ހާއްސަ ކްލިނިކަކާއި، ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހަމަޖެހުމުން ގޭގައި ތިބެގެން މެމޯ ހެދުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

މި ހިދުމަތް ތައާރަފްކޮށްދެއްވީ މިއަދު އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރު ޑރ. އަބްދުﷲ ހަލީލެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޑރ. ހަލީލް ވިދާޅުވީ އެ ކްލިނިކްގެ ޒަރިއްޔާއިން އިސްރަށްވެހިންނަށް ހާއްސަ ސަމާލުކަމެއް ދީ އެ ފަރާތްތައް ހާއްސަ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އިތުރު މަސައްކަތްތަކެއް ފެށިގެންދާނެ ކަމާއި މެދު ޝައްކު ނުކުރާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ ވަރުގަދަ އެއް ވައުދަކީވެސް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތިބި ދުވަސްވީ މީހުންނަށް ހާއްސަ ސަމާލުކަމެއް ދީ އެ ހިދުމަތް ރާއްޖޭގެ އަތޮޅު ތަކަށް ފުޅާ ކުރުން ކަމަށެވެ.

މީގެއިތުރުން ޑރ. ހަލީލް ވިދާޅުވީ އެ ހިދުމަތް ފުޅާ ކުރުމަށްޓަކައި މަސައްކަތް ކުރައްވާނެކަމަށެވެ.

މި ލިއުމާއި ގުޅޭ