Thursday 25th Jul 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޤުރުއާން

ރަސްމީ ޖަލްސާތަކުގައި ޤުރްއާން ކިޔަވާނެ މީހުންގެ ދަފްތަރެއް އެކުލަވައިލަނީ

ރަސްމީ ޖަލްސާތަކުގައި ޤުރްއާން ކިޔަވާނެ ފަރާތްތަކުގެ ދަފުތަރެއް އެކުލަވާލުމަށް ނިންމައި އެ ދަފުތަރުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ބުނީ
ޖަލްސާތަކުގައި ތަޖުވީދުމަގުން ރީތިކޮށް ޤުރްއާން ކިޔެވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ.
އެގޮތުން މިކަމަށް އެދޭ ފޯމު ފުރުއްވުމަށްފަހު އެ މަރުކަޒަށް ހުށަހެޅުމަށް ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ވަނީ އެދިފައެވެ.
މީގެއިތުރުން ފޯމު މެއިލް ކުރުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސާފައެވެ.
މިކަމަށް އެދި ހުށައަޅަންޖެހޭ ފޯމު އެމަރުކަޒުގެ ވެބްސައިޓުންނާއި މަރުކަޒުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

ޤުރްއާން ކިޔަވާ ފަރާތްތައް ހޮވުމުގައި ކިޔެވުން އަޑުއެހުމަށްފަހު ދަފްތަރު ކުރަން ހަމަޖެހިފައިވާ ކަމަށް އެ މަރުކަޒުން ވަނީ ބުނެފައެވެ.

މި ލިއުމާއި ގުޅޭ