ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ފަރާތުން ޤުރްއާނަށް އަހުލުވެރި ކުރުމުގެ ޕްރޮގްރާމް ތަކެއް ފެށުމަށް ނިންމައިފިއެވެ.
އެގޮތުން ބަލައިގެން ކިޔެވުމަށް އަހުލުވެރި ކުރުވުމާއި، ހާފިޒުންނަށް އަމާޒުކޮށްގެން މުރާޖައާ ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
ކީރިތި ޤުރްއާނާބެހޭ މަރުކަޒުން ބުނީ މި ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ގައި ކަމަށާއި އަދި ނިންމުމަށް ގަސްދު ކުރެވިފައިވަނީ 8 އޭޕްރީލް ގައި ކަމަށެވެ.
މި ކުލާހުގައި ބައިވެރިވުމަށް އެދޭ ފޯމު އެ މަރުކަޒުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި ކުލާހުގައި ބައިވެރިވުމަށްއެދޭ ފަރާތަކުން އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު އެ މަރުކަޒަށް ހުށަހެޅުމަށް ޤުރްއާނާބެހޭ މަރުކަޒުގެ ފަރާތުން ވަނީ އެދިފައެވެ.