Sunday 25th Feb 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެމްއޭސީއެލް

ކާގޯ ޓާމިނަލް ނިމިފައި ހުރި ނަމަވެސް ކުރީ ސަރުކާރުން އެތަނުގެ ބޭނުން ނުހިފީ: ޝަރީފް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ކާގޯ ޓާމިނަލް 2022 ވަނަ އަހަރު ހުރީ ނިމިފައި ކަމަށާއި ނަމަވެސް ކުރިން ނުހުޅުވަ ހުރީ އެ ތަނުން ހިދުމަތް ދޭން ބޭނުން ނުވެގެން ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ޝަރީފް މިފަދައިން ވިދާޅުވީ ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ޝަރީފް ވިދާޅުވީ އާ ކާގޯ ޓާމިނަލަކީ 2018 ވަނަ އަހަރު ވީއައިއޭ ބޮޑު ކުރުމަށް ހިންގި މަޝްރޫއުގައި އިމާރާތް ކުރަން ފެށި ތަނެއް ކަމަށާއި އެ އިމާރާތް 2022 ވަނަ އަހަރުގައި ނިމުނު ނަމަވެސް އެ ތަން ބޭނުން ކުރުމަށް އިސް ކަމެއް ނުދެވި ގިނަ ދުވަސްވެ މިދިޔަ އަހަރާ ހަމައަށް ދިގުލައިގެން ގޮސްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އެ ފަދަ ފެސިލިޓީއެއް ގާއިމުކޮށް އެތަނުގެ ފެސިލިޓީ ބޭނުން ނުކުރެވިދާ ކޮންމެ ދުވަހަކީ ދިވެހި ރައްޔިތުންގެ ފައިސާތަކެއް އެއްވެސް ފައިދާއެއް ނެތި ބޭކާރު ވެގެންދާ ދުވަހެއް ކަމަށާއި އެހެންވެ މި ސަރުކާރުގެ އަމާޒަކަށްވީ އެ ފެސިލިޓީ ވީ އެންމެ އަވަހަކަށް ހުޅުވާ ކާގޯ ހިދުމަތް އާ ޓާމިނަލަށް ބަދަލު ކުރުން ކަމަށެވެ.
ޝަރީފް ވަނީ އާ ކާގޯ ޓާމިނަލް ހުޅުވުމަށް ހިތްވަރު ދެއްވައި އިރުޝާދު ދެއްވީތީ ރައީސުލްޖުމުހުރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވާފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕު (ބީޔޫސީޖީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ އާ ކާގޯ ޓާމިނަލް މަޝްރޫއުގެ ބިންގާ އެޅީ 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ހުޅުލެ އައިލެންޑް ހޮޓާ (އެޗްއައިއެޗް) އާ ކައިރީގައި ހަދާފައިވާ އާ ޓާމިނަލް މިހާރު ބޭނުންކުރާ ކާގޯ ޓާމިނަލަށްވުރެ ގާތްގަނޑަކަށް ތިން ގުނަ ބޮޑެވެ. އަދި އެތަނުގައި އެއް ފަހަރާ 12،0000 މެޓްރިކް ޓަނުގެ ކާގޯ ރައްކާ ކުރެވޭނެ ޖާގަ އޮންނާނެއެވެ.
ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ތެރޭގައި އާ ކާގޯ ޓާމިނަލުގެ އިތުރުން އާ ރަންވޭގެ މަސައްކަތާއި، ފިއުލްފާމްގެ މަސައްކަތް ވެސް ހިމެނެ އެވެ. އާ ރަންވޭ މިހާރު ވެސް ބޭނުންކުރަމުން ދާއިރު އާ ފިއުލް ފާމްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ.
މި ލިއުމާއި ގުޅޭ