Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިލާތުގެ އިއްތިޙާދު

ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުން ކުރި ހަރަދުތަކުގައި ހާމަކަމެއް ނެތް: އީޔޫ

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ކެމްޕެއިނަށް ފައިސާ ހޯދި ގޮތާއި، ކުރި ހަރަދުތައް ދެފުށް ފެންނަ އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިފައި ނެތްކަމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިލެކްޝަން އޮބްޒަވޭޝަންގެ ފައިނަލް ރިޕޯޓުގައި ބުނެފި އެވެ.
މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ބުރާ ގުޅޭ ފައިނަލް ރިޕޯޓު އާންމުކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އީޔޫ އިލެކްޝަންސް އޮބްޒަވޭޝަން މިޝަންގެ ޗީފް އޮބްޒާވަރު އަދި ސްޕެއިންގެ އީޔޫ ޕާލިމަންޓް މެމްބަރު ނާޗޯ ސަންޗޭޒް އަމޯ ވިދާޅުވީ، އިންތިހާބުގައި ފައިސާ ހަރަދު ކުރެވޭނެ ގޮތްތައް ގާނޫނުގައި ލިޔެފައި އޮތް ނަމަވެސް، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ހިންގުމަށް ތަންފީޒީ ނިޒާމެއް ނެތް ކަމަށެވެ.
އީޔޫގެ ރިޕޯޓުގައި ބުނި ގޮތުގައި ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓުންނަށް ފައިސާ ހަރަދު ކުރެވޭ މިންވަރު ކަނޑައަޅާފައިވަނީ މާ މަތިކޮށެވެ. އަދި ގާނޫނުގައި މިހާރު އޮންނަ ގޮތުން، ތިން ވަނަ ފަރާތަކުން ފައިސާ ހަދިޔާ ކުރެވޭ ނިޒާމު އެއްވެސް ހަރުދަނާ ގޮތެއްގައި ނުބެލެހެއްޓޭ ކަމަށް ވެސް ބުނެފައިވެ އެވެ.
ގާނޫނުގައި ބުނާ އަދަދަށް ވުރެ ގިނައިން ހަރަދު ކުރުމާއި މާލީ ބަޔާން އޮޅުވާލައި ނުވަތަ ހުށަހެޅުމަށް ދެކޮޅު ހެދިނަމަވެސް، އެކަމަށް ލިބޭ އަދަބު ކުޑަކަން އީޔޫ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ސަބަބުން އެކަންކަން ކުރުމަށް ފަސްނުޖެހޭ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.
ރިޕޯޓުގައި އިތުރަށް ބުނި ގޮތުގައި ކެމްޕެއިނުތަކުގައި މާލީ އެހީ ނޫން ގޮތުގައި ދެވޭ އެހެނިހެން އެހީތަކުގެ ހިސާބު އަދިވެސް ނުކުރެވެ އެވެ.
އަދި އެކަންކަން ރަނގަޅު ކުރުމަށް އީޔޫން ވަނީ ގާނޫނީ އޮނިގަނޑުގައި އެކަމަށް މަގުފަހިވާ ގޮތަށް ހުރި ބާގަނޑުތައް ނުވަތަ ލޫޕް ހޯލްތައް ބައްދައި، ކެމްޕެއިނުގައި ފައިސާ ހަރަދުކުރުމާ ގުޅޭ ގާނޫނުތައް އިސްލާހުކުރުމަށް ލަފާދީފަ އެވެ.
މި ލިއުމާއި ގުޅޭ