Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ބަގާވާތަކުން ސަރުކާރު ވައްޓާލުމާ ދެކޮޅު: މަހުލޫފް

ބަގާވާތަކުން ސަރުކާރު ވައްޓާލުމާއި ދެކޮޅުކަމަށް ވިދާޅުވެ ރައީސް ޑރ މުހައްމަދު މުއިއްޒު އަޒުލް ކުރަން ކުރާ މަސައްކަތަށް ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލް މީޑިއާގައި މަލާމާތްކޮށްފައިވާ މައްސަލައާ ގުޅިގެން ރައީސް މުއިއްޒު އަޒުލު ކުރުުމުގެ ވާހަކަ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަލީ އާޒިމް ވަނީ ފައްޓަވައިފައެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ ރާއްޖޭގެ ހަމަޖެހުން ދަމަހައްޓާ، ހާރިޖީ ސިޔާސަތު ހިމާޔަތްކޮށް އަދި އަވައްޓެރި އެއްވެސް ގައުމެއް ބާކީ ކުރުން ހުއްޓުވުމަށް ޑިމޮކްރެޓުން ތިބީ ތައްޔާރަށް ކަމަށެވެ.

"ރައީސް މުއިއްޒު މަގާމުން ވަކިކުރަން އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅަން ތިބޭފުން ތައްޔާރުތޯ؟ އަޒުލުކުރުމުގެ މަސައްކަތް ފަށަން އެމްޑީޕީއިން ތައްޔާރުތޯ؟،" އާޒިމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އާޒިމް އެހެން ވިދާޅުވެފައިވާ އާޓިކަލްއެއް އެކްސްގައި ޝެއާކުރައްވާ މަހުލޫފް ވަނީ ރައީސް މަގާމަށް މުއިއްޒު އިންތިޙާބުވެވަޑައިގަތީ ޑިމޮކްރެޓްސްގެވެސް ފުރިހަމަ ތާއީދާއެކު ނޫންތޯ ވިދާޅުވެ ސުވާލު އުފައްދަވާފައެވެ.

އެއަށް ފަހު މަހުލޫފް ވިދާޅުވީ ރައްޔިތުން އިންތިހާބުކޮށްފައިވާ ސަރުކާރެއް ގަދަބާރުން ވައްޓާލުމާއި ދެކޮޅު ކަމަށެވެ.

''ބަގާވާތަކުން ވައްޓާލުމާއި ދެކޮޅު. އެއީ ދިވެހިރާއްޖެއަށް ރަނގަޅު ތަޖުރިބާއެއް ނޫން'' އިންތިހާބުތަކަކީ ކުޅޭ ކުޅިވަރަކަށް ވެގެންނުވާނެ ކަމަށް މަހުލޫފް ލިޔުއްވެވިއެވެ.

މީގެ ކުރިން ވެސް ރައީސް މުއިއްޒު އަޒުލުކުރުމުގެ އަޑުތައް ގަދަވިއެވެ. އޭރު އެ ވާހަކަތައް ފެށުނީ ރައީސ އާއި ނާއިބު ރައީސް އަޒުލުކުރުން ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ މާއްދާތައް އިސްލާހު ގެނެސް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީއިން އެކަން ފާސްކުރުމުންނެވެ.

އެކަންތައް މަޑުޖެހުމަކަށް އައީ އެމްޑީޕީގެ 14 މަޖިލިސް މެންބަރަކު ސަރުކާރު ހިންގާ ޕީއެންސީއާ ގުޅުމުންނެވެ. އެ އިސްލާހު ފާސްކުރީ އެމްޑީޕީގެ 54 މެމްބަރުން ރައީސް އާ ނައިބް ރައީސް އަޒުލްކުރެވޭ ގޮތަށެވެ.

އެ މެމްބަރުންތައް ޕާޓީން ވަކިވެވަޑައިގަތުމާއެކު، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންގެ އަދަދުވަނީ 42 މެންބަރުންނަށް މަދުވެފައެވެ.

މި ލިއުމާއި ގުޅޭ