Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރިޕޯޓް

ބާ ކައުންސިލްގެ ބައި-އިލެކްޝަންގައި ވޯޓުލާން ރަޖިސްޓްރީވާން ހުޅުވާލައިފި

ގާނޫނީ ވަކީލުންތަކެއް ހުވާކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: އަވަސް

މި މަހުގެ 23 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންއާ ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު އިއްޔެއިން ފެށިގެން ހުޅުވާލައިފިއެވެ.

އެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 12 ވާ ހުކުރު ދުވަހުގެ ނިޔަލަށެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ ގާނޫނީ ވަކީލުން އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށްޓަކައި، ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް ރަޖިސްޓަރީވުމަށް ބާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި އެދިފައިވެއެވެ.

އަދި އޭގެ އިތުރުން ބާ ކައުންސިލުން ބުނީ ބައި-އިލެކްޝަންއާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ބެލުމަށްޓަކައި ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެއް ގާއިމުކުރުމަށް ގަވާއިދު ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، އާންމު މެންބަރުންގެ ތެރެއިން ޝަކުވާބާލާ ކޮމިޓީގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން، ކަނޑައެޅިފައިވާ ފޯމު މެދުވެރިކޮށް، މި މަހުގެ 10 ގެ ކުރިން ބާ ކައުންސިލަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.

މި ލިއުމާއި ގުޅޭ