Wednesday 12th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އައިވީއެފް

އައިވީއެފް އާއި ދަރިމައިވުމުގެ ބަލިތަކާގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފި

އައިވީއެފް އާއި ދަރިމައިވުމުގެ ބަލިތަކާ ގުޅޭ ހިދުމަތްތަކާއި ތަޖުރިބާ ދިވެހި މުޖުތަމައަށް ފޯރުކޮށްދިނުމުގެ ގޮތުން ބެލަރޫސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރާއި ގޯމެލް ރީޖަނަލް ޑައިގްނޯސްޓިކް މެޑިކަލް އެންޑް ޖެނެޓިކް ސެންޓަރާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ)އެއްގައި ސޮއިކޮށްފިއެވެ.

މި އެމްއޯޔޫގައި ބެލަރޫސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ޑރ.މާރިއާ ރުސަލެންކޯއެވެ. އަދި ގޯމެލް ރީޖަނަލް ޑައިގްނޯސްޓިކް މެޑިކަލް އެންޑް ޖެނެޓިކް ސެންޓަރުގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަރު ޑރ. އޮލެގް ކްރިވަލަޕޮވްއެވެ.

ބެލަރޫސް މޯލްޑިވްސް ކަލްޗަރަލް ސެންޓަރުގެ އެހީގެ ދަށުން މި މަހުގެ ތެރޭގައި މޯލްޑިވްސް ނިއުރޯ އެންޑޯކްރައިން މެޑިކަލް ފެސިލިޓީއެއް މާލޭގައި ހުޅުވަން ވަނީ ނިންމާފައެވެ.

މި ސެންޓަރުން މައިގަނޑުގޮތއްގައި އަލިއަޅުވާލާނީ އެންޑޯކްރައިން، ނިއުރޯ އަދި ދަރިމައިވުމުގެ މައްސަލަތަކަށެވެ. އަދި ރާއްޖޭގެ އެ ދާއިރާތަކާ ބެހޭ ގޮތުން ދިރާސާތައް ކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި ލިއުމާއި ގުޅޭ