Saturday 18th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޓްރީޓޮޕް ހޮސްޕިޓަލް

ޓްރީޓޮޕްގެ ހިތާނީ ކޭމްޕުގައި ބައިވެރިވުން މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް!

ޓްރީޓޮޕްގެ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފިއެވެ.

އަހަރުގެ ފަހުކޮޅުގައި އަންނަ ހިތާނީ ސީޒަނުގައި ޓްރީޓޮޕުން ބާއްވަން ހަމަޖެހިފައިވާ ހިތާނީ ކޭމްޕަށް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގައެވެ.

އެ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، އެ ކޭމްޕުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ސުންގަޑި ހަމަވާނީ ޖެނުއަރީ 10ގައެވެ.

އެ ކޭމްޕުގައި އިސްކޮށް 6 ޑޮކްޓަރުން ހަރަކާތްތެރިވާން ހަމަޖެހިފައިވެއެވެ. އޭގެ ތެރޭގައި 1 ކޮންސަލްޓެންޓު ޔޫރޮލޮޖިސްޓަކާއި 5 ޖެނެރަލް ސާޖަންސް ހިމެނެއެވެ. އެއީ، ޔޫރޮލޮޖިސްޓް ޑރ. މެހްމެތު އޮޑާއާއި، ޖެނެރަލް ސާޖަން ޑރ. ހުސެއިން ހަދިޔެވްއާއި، ޑރ. އުކްތަމް އަބްދުއްލައީވްއާއި، ޑރ. މައުސޫމް އާސިމްއާއި، ޑރ. މުޙައްމަދް ޝަރީފް އަދި ޑރ. އަބްދުﷲ އުބެއިދްއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ މި ކޭންޕުގެ މައިގަނޑު މަގްސަދަކީ މެހެމާނުންނަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕް އާއި ހަމައަށް އެންމެ ފުރިހަމަ އަދި ފަސޭހަކަމާއިއެކު ހިދުމަތްތައް ފޯރުކޮށްދިނުންކަމަށެވެ.

ޓްރީޓޮޕްގެ ހިތާނީ ޕެކޭޖްގެ ޚިދުމަތް ހޯދާ ފަރާތްތަކުން ދައްކަން ޖެހެނީ 5000ރ އެވެ. ނަމަވެސް އެ ހޮސްޕިޓަލުން ބުނިގޮތުގައި ކޮޓަރި އަޕްގްރޭޑް ކުރުމަށް ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހަމަޖެހިފައިވެއެވެ.

މި ލިއުމާއި ގުޅޭ