Saturday 21st Jun 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖަޕާން

ޖަޕާނަށް އައި ބިންހެލުމުގައި އަނިޔާވެ 6 މީހަކު މަރުވެ 19 މީހެއްގެ ހިތް ހުއްޓިއްޖެ

ޖަޕާނުގެ މެދުތެރޭގައި އޮންނަ އިޝިކަވާ ޕުރޮވިންސަށް އައި ބާރުގަދަ ބިންހެލުމުގައި މިހާތަނަށް ހަ މީހުން މަރުވެ 19 މީހަކު ހިތް ހުއްޓިފައިވާ ކަމަށް ޖަޕާނުގެ މީޑިއާތަކުން ބުނެފިއެވެ.

ޖަޕާނުގެ ކާރިޘާތަކާ ބެހޭ އޮފީހުން ހާމަކޮށްފައިވާ މައުލޫމާތުތަކާއި ހަވާލާދީ ޖަޕާނުގެ މީޑިއާތަކުން ބުނެފައިވަނީ ހަ މީހުންގެ އިތުރުން އަދިވެސް އިތުރު މީހުން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

މީހުން މަރުވުމުގެ އިތުރުން ގެތަކާއި މަގުތަކަށްވެސް ގެއްލުންވެފައިވެއެވެ. އެއްގަމާއި ، ކަނޑު އަދި ވައިގެ ދަތުރުފަތުރުތަކަށް ބުރޫ އަރައި ބައެއް ހިސާބުތަކުގެ އެއާޕޯޓުތައްވެސް ވަނީ ބަންދުކޮށްފައެވެ.
ބިންހެލުމާއި ގުޅިގެން ބައެއް ހިސާބުތަކުން ކަރަންޓުކެނޑި 45000 އެއްހާ މީހުން ތިބީ ކަނު އަނދިރީގައެވެ.
ޖަޕާނުގެ އަސްކަރިއްޔާއިން އަންނަނީ ބިންހެލުމުގެ އަސަރުކުރި ސަރަޙައްދުތަކަށް ލިބުނު ގެއްލުން ބަލައި އެހީތެރިވަމުންނެވެ.
ރިކްޓާ މިންގަނޑުން 7.5 ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމާ އެކު ޖަޕާނުގެ އައްސޭރިފަށު ސަރަޙައްދުތަކަށް ސުނާމީއެއް އަރާފާނެ ކަމުގެ އިންޒާރު ދީފައިވަނީ އިއްޔެއެވެ. ނަމަވެސް ސުނާމީގެ އިންޒާރު މިހާރު ވަނީ އުވައިލައިފައެވެ.
ބިންހެލުމާ ގުޅިގެން 97000 އަށް ގިނަ މީހުންނަށް ރައްކާތެރި ހިސާބުތަކަށް ދިއުމަށް އަންގައިފައިވެއެވެ. ނަމަވެސް ސުނާމީގެ އިންޒާރު އުވާލުމުން ގިނަ ބަޔަކު ވަނީ އެ މީހުން ދިރިއުޅޭ ސަރަޙައްދުތަކަށް އެނބުރި ގޮސްފައެވެ.
ޖަޕާނަށް މި ފަދަ ބާރުގަދަ ބިންހެލުމެއް އެންމެ ފަހުން އައިސްފައި ވަނީ 2011 ވަނަ އަހަރުއެވެ. އެ ބިންހެލުމުގެ ސަބަބުން އުފެދުނު ސުނާމީގައި 20,000 އެއްހާ މީހުން މަރުވިއެވެ. އަދި، ގިނަ އަދަދެއްގެ ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ.
މި ލިއުމާއި ގުޅޭ