Friday 1st Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

ކޮމާންޑް ސާޖަންޓް މޭޖާ އަހުމަދު އަބްދުﷲ ރިޓަޔާ ކުރައްވައިފި

ދިވެހި އަސްކަރިއްޔާއަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ކޮމާންޑް ސާޖަންޓް މޭޖާ އަހުމަދު ޢަބްދުﷲ ސިފައިންގެ ހިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާ ކުރައްވައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކޮމާންޑް އަހުމަދު އަބްދުﷲ ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވީ ހުސްވި ޑިސެމްބަރު މަހުގެ 31 ގައި ކަމަށެވެވެ. އޭނާ ރިޓަޔާ ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް ލުޓެނެންޓް ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފެވެ.

ދިވެހި އަސްކަރިއްޔާގެ އެންލިސްޓެޑް ސިފައިންގެ އެންމެ އިސް މަގާމު ކަމުގައިވާ "ސާޖަންޓް މޭޖާ އޮފް އެމްއެންޑީއެފް" ގެ މަގާމު އަދާކުރައްވާފައިވާ އަހުމަދު އަބްދުﷲ ހިދުމަތުން ރިޓަޔާ ކުރެއްވީ 31 އަހަރު ހިދުމަތް ކުރެއްވުމަށްފަހުއެވެ.

ރިޓަޔާ ކުރެއްވިއިރު ހުންނެވީ އިސްލާމިކް މިލިޓަރީ ކައުންޓާ ޓެރަރިޒަމް ކޯލިޝަން ސެންޓަރުގައި ދިވެހި އަސްކަރިއްޔާ ތަމްސީލުކުރައްވާ މެންބަރެއްގެ ގޮތުގައެވެ.

މި ލިއުމާއި ގުޅޭ