Wednesday 24th Apr 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޚަބަރު

އާ އަހަރުގެ ފުރަތަމަ ފަތުރުވެރިޔަކަށް ޔޫކޭ މީހެއް

މިފެށުނު 2024 އަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާ އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)އިން މިއަދު ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

މިއަހަރު ރާއްޖެ ޒިޔާރާތްކުރި ފުރަތަމަ ފަތުރުވެރިޔާއަކީ އިނގިރޭސިވިލާތުގެ ބެންޖަމިން ޑަންކަން މޫރެވެ.


އެމްއެމްޕީއާރުސީ އާއި ޓޫރިޒަމް މިނިސްޓްރީ ކަމާއި ބެހޭ އިދާރާތައް ގުޅިގެން ކޮންމެ އަހަރަކުވެސް ކޮންމެ އަހަރަކު ވެސް ރާއްޖެ އަންނަ ފުރަތަމަ ފަތުރުވެރިޔާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔައެވެ.

އެ ފަތުރުވެރިޔާ އަށް މަރުހަބާ ކިޔަން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއާ، އެމްއެމްޕީއާރްސީގެ އިސް ބޭފުޅުން، އިމިގްރޭޝަންގެ އިސްވެރިން އިތުރުން ދިރާގުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ނިމިދޔަ އަހަރަށ ކަނޑައެޅި 1.8 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒު ވަނީ ހާސިލުކޮށްފައެވެ. މި އަހަރަށް އަމާޒު ހިފާފައިވަނީ ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ކަމަށް ދަދީ ފަހުން ޓޫރިޒަމް މިނިސްޓަރު ފައިސަލް ވަނީ ވިދާޅުވެފައެވެ. އަމާޒަށް ވާސިލުވެވޭނެ ކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށް ފައިސަލް ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ